ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 14:45
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ރާއްޖެއެމްވީ
ޚާންޖީ ރެސްޓޯރަންޓްގައި ހިނގި މަރު
އާބިދަށް ކުރާ ދައުވާ: ވަކީލު ބަދަލުވެފައިވާތީ ކުރިއަށް ނުގެންދެވުނު
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު
މައްސަލައަށް ތައްޔާރުވެލެއްވުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށް ވަކީލު އެދިލެއްވި

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން މި އަޑުއެހުން ތާވަލުކުރީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އާބިދަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެހެންނަމަވެސް، މި މައްސަލައިގައި ދަައުވާލިބޭ އާބިދުގެ ވަކީލު ވަނީ ބަދަލުވެފައެވެ. އަދި އޭނާއަށް އަލަށް އައްޔަނު ކުރި ވަކީލު އެދިލެއްވީ މައްސަލަ ދިރާސާ ކުރުމާއި، މައްސަލައަށް ތައްޔާރުވެލެއްވުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ.

ދިފާއީ ވަކީލުގެ މި އެދިލެއްވުމުގެ މަތިން ބުދަ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އާބިދު ވަނީ މި ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭ ކަމަަށާއި، ގަސްތު މަރުގެ ދައުވާއަށް އިންކާރު ކުރާކަމަށް އޭނާ ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް