Advertisement
ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 11:08
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް
ރާއްޖެއެމްވީ
ޒިޔަދަމްގެ މަރުގެ މައްސަލަ
ޒިޔަދަމްގެ މަރު: ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުން
ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސިފާމަށް ސާބިތުވި
އޭނާގެ އެއްބަނޑު އެއްބަފާ އަންހެން 5 ކުދިންނާއި އެއްބަނޑު އެއްބަފާ ފިރިހެން އެއް ކުއްޖަކު ހުރޭ
މި މައްސަލައިގައި ޤަސްދުމަރު ސާބިތުވެފައިވަނީ ހަމައެކަނި ޝަނޫންގެ މައްޗަށް

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި, 7 އަހަރަށްފަހު ކުށް ސާބިތުވާކަމަށް ނިންމާފައިވާއިރު، މި މައްސަލައިގެ ވާރިސުންނަކީ ކޮބައިކަން ކަނޑައެޅުމުގެ އަޑުއެހުމެއް ބާއްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން ދައުވާ އުފުލީ ލ މުންޑޫއަށް ނިސްބަތްވާ މުޙައްމަދު ޝަނޫންއާއި އަލީ ސިފާމްގެ މައްޗަށެވެ. ދެމީހުންގެ މައްޗަށްވެސް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. 

އެހެންނަމަވެސް ޤަސްދުމަރު ސާބިތުވެފައިވަނީ ހަމައެކަނި ޝަނޫންގެ މައްޗަށެވެ. ވުމާއެކު ޝަނޫންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އަދަބު ކަނޑައެޅުމަށްޓަކައި، ޒިޔަދަމްގެ ވާރިސުންނަކީ ކޮބައިކަން ބެލުމަށްޓަކައި ވަނީ ހެކިބަސް ނަގާފައެވެ.

ހެކިވެރިން ވިދާޅުވި ގޮތުގައި އަލީ ޒިޔަދަމް ނިޔާވިއިރު އޭނާގެ ދަރިއަކު ހުއްޓެވެ. އަދި ޒިޔަދަމް މަރުވިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް، އޭނާގެ މަންމަ މިހާރު ވަނީ ނިޔާވެފައެވެ.

އޭނާގެ އެއްބަނޑު އެއްބަފާ އަންހެން 5 ކުދިންނާއި އެއްބަނޑު އެއްބަފާ ފިރިހެން އެއް ކުއްޖަކު ހުންނަކަމަށް ހެކިވެރިން ބުނެއެވެ.

އަދި އެއްބަފާ ދެ ކުއްޖަކުވެސް ތިބޭކަމަށް ހެކިވެރިން ބުނެއެވެ.

Advertisement

މި މައްސަލައިގައި އިތުރަށް ސާފު ކުރަންޖެހޭ ކަމެއް ނެތްނަމަ، ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ.

ދައުލަތުން ހުށައަޅާފައިވާ ހެކިތަކާ ޙަވާލާދީ ޝަރީއަތުން ފާހަގަކޮށްފައިވާ ގޮތުގައި، ޒިޔަދަމްއާއި، ސިފާމް އަދި ޝަނޫންއަކީވެސް އެއްކޮށް އުޅުނު 3 މީހުންނެވެ. މި ޙާދިސާ ހިނގި ރޭ އެމީހުން އެއްކޮށް ތިބީ ބަނގުރާ ބޯން ކަމަށާއި، ހަމަނުޖެހުން އުފެދެން މެދުވެރިވީ ޒިޔަދަމް ސިފާމްގެ ކޮށްކޮއާ ގުޅޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެންކަން ޝަރީއަތުން ހެކިތަކާ ޙަވާލާދީ ފާހަގަ ކުރެއްވިއެވެ.

ޝަނޫންގެ މައްޗަށް ޤަސްދުމަރު ސާބިތުވި ނަމަވެސް، ސިފާމްގެ މައްޗަށް އެ ކުށް ސާބިތު ކުރެވޭ މިންވަރަށް ކުށުގެ ރުކުންތައް ދައުލަތުން ސާބިތުކޮށްދެވިފައެއް ނުވެއެވެ.

އެހެންނަމަވެސް، ސިފާމްވެސް މި އަމަލު ހިންގުމުގައި އެހީތެރިވެފައިވާކަމާއި، ޒިޔަދަމްއާއި މަރާމާރާރީ ހިންގުމުގެ އިތުރުން، އޭނާ މަރުވެގެން ދިޔަ އަމަލުތައް ހިންގުމުގައި މަގުފަހި ކޮށްދީފައިވާކަން ޝަރީއަތަށް ހުށައެެޅިފައިވާ ހެކިތަކުން ސާބިތުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ވުމާއެކު، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް