ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 16:14
މުހައްމަދު ނިޒާމް، މަރުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި
މުހައްމަދު ނިޒާމް، މަރުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި
މުހައްމަދު ނިޒާމް
މަރުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި ނިޒާމްގެ ބަންދަށް 60 ދުވަސް
ފުލުހުންގެ އެދުމުގެ މަތިން، ބަންދުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން
އަދިވެސް ލިޓަން ނުފެނޭ
ނިޒާމް ހައްޔަރުކުރީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، އަންގާރަ ދުވަހުގެ ވަގުތެއްގައި

މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ތެޔޮ ބޯޓަކުން ގެއްލިގެން ހޯދަމުން ދިޔަ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް (45 އ) މަރުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ޖަަހައިފިއެވެ.

ފުލުހުން ބުނިގޮތުގައި ނިޒާމް ހައްޔަރުކުރީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން އާއްމުކުރީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރެއެވެ. ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ މުހައްމަދު ނިޒާމުގެ އިތުރުން ބަންގްލަދޭޝްގެ މުހައްމަދު ލިޓަން (35އ)އެވެ.

ފުލުހުން ނިޒާމް ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މާލޭގެ ގެސްޓްހައުސްއަކުންނެވެ. އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އަދިވެސް ލިޓަން ނުފެނެއެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، އޭނާގެ ބަންދަށް ވަނީ 60 ދުވަސް ޖަހައިދީފައެވެ. ފުލުހުންގެ އެދުމުގެ މަތިން ބަންދުގެ އަޑުއެހުން ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.

ފުލުހުން އެ ދެމީހުން ހޯދަމުން ދަނިކޮށް ވ. ވެންފަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން، މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހޯމަ ދުވަހު ވަނީ ފެނިފައެވެ. ނަމަވެސް މި މީހާއާގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ދެ މީހުން ދަތުރުކުރި ތެޔޮ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން އޮޔާ ދަނިކޮށް ފެނިފައިވާކަމަށް ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހު ބުނެފައެެވެ. އެއީ "ފިއުލް ޕަވަރ" ނަމަކަށް ކިޔާ ކުންފުންޏެއްގެ ބޯޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް