ކ. މާލެ
|
1 ޖެނުއަރީ 2023 | އާދީއްތަ 18:55
އިއްޒުއްދީން ފާލަމާ 3 ނަންބަރު ޖެޓީއާ ދެމެދަށް ކަޅުތެޔޮތަކެއް އެޅުމުން ސާފުކުރަނީ
އިއްޒުއްދީން ފާލަމާ 3 ނަންބަރު ޖެޓީއާ ދެމެދަށް ކަޅުތެޔޮތަކެއް އެޅުމުން ސާފުކުރަނީ
އެމްއެންޑީއެފް
ކަޅުތެޔޮ އެޅުން
ތެޔޮ ނަގައި، އެއްކޮށް ކޮންޓްރޯލް ކުރެވޭނީ މިރޭވެސް މަސައްކަތްކޮށްގެން: އެމްއެންޑީއެފް
އެމްޕީއެލް ސަރަހައްދަށް ފެތުރިފައިވާ ތެޔޮ މިހާރު ނަގައި، ކޮންޓްރޯލްކޮށްފި

އިއްޒުއްދީން ފާލަމާ 3 ނަންބަރު ޖެޓީއާ ދެމެދަށް ކަޅުތެޔޮތަކެއް އެޅުމާ ގުޅިގެން، ތެޔޮ ނަގައި ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށާފައިވާއިރު، ތެޔޮ ނަގައި އެއްކޮށް ކޮންޓްރޯލް ކުރެވޭނީ މިރޭވެސް މަސައްކަތްކޮށްގެން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އެމްޕީއެލް ސަރަހައްދަށް ފެތުރިފައިވާ ތެޔޮ މިހާރު ނަގައި، ކޮންޓްރޯލްކޮށްފައި ވާކަމަށެވެ. އަދި ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސީޖީ ހަލަވެލި ބޭނުންކޮށްގެން ރަސްމީ ފާލަމާއި އެ ސަރަހައްދުގެ ބޭރުން، ބޫމް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތުގައި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި، މާލެ އޭރިއާ މެރީންސްއާއި، މެރިން ޕޮލިސްގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާކަމުގެ މައުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމް.އާރް.ސީ.ސީއަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:10 ހާއިރުއެވެ. ރަސްމީ ފާލަމާއި އެ ސަރަހައްދުގެ ބޭރަށް ގިނަ އަދަދަކަށް ތެޔޮ އެޅިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއާއެކު ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުން ވަނީ މޫދަށް އެޅިފައިވާ ކަޅުތެޔޮ ނަގައި ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. އިއްޒުއްދީން ފާލަން ސަރަހައްދަށް ކަޅުތެޔޮ އެޅެން މެދުވެރިވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް