Advertisement
ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 06:51
އައްޑޫ ސިޓީ ހުޅުދޫގައި ތާރު ކޮންޓެއިނަރުތައް ހުރި ސަރަޙައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި
އައްޑޫ ސިޓީ ހުޅުދޫގައި ތާރު ކޮންޓެއިނަރުތައް ހުރި ސަރަޙައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި
އެމްއެންޑީއެފް
އައްޑޫ ސިޓީ ހުޅުދޫގައި އަލިފާނުގެ ހާދިސާއެއް ހިނގު
އައްޑޫ ސިޓީ ހުޅުދޫގައި ތާރު ކޮންޓެއިނަރުތައް ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މި ހާދިސާގައި އެ ސަރަޙައްދުގައިހުރި ގިނަ އަދަދެއްގެ ތާރު ކޮންޓެއިނަރުތަކެއް ވަނީ އަލިފާން ރޯވެ ހަލާކުވެފައި
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވޭ

އައްޑޫ ސިޓީ ހުޅުދޫގައި ތާރު ކޮންޓެއިނަރުތައް ހުރި ސަރަޙައްދުގައި ރޭ އަލިފާން ރޯވެފައިވާއިރު، އައްޑޫ ސިޓީ ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ވަނީ އަލިފާން ނިއްވާލާފަ އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ސިޓީ ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ ހުކުރު ދުވަހުގެ ރޭ 20:03 އެހާއިރުކަމަށް އެފަރާތުން ބުނެއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި އަލިފާން ނިއްވުމަށް އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަނުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިގޮތުން ފަޔަރމަނުން ކުރި މަސައްކަތުން އެ ސަރަޙައްދުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ހުކުރު ދުވަހުގެ ރޭ 21:30 އެހާއިރުއެވެ.

Advertisement

މި ހާދިސާގައި އެ ސަރަޙައްދުގައިހުރި ގިނަ އަދަދެއްގެ ތާރު ކޮންޓެއިނަރުތަކެއް ވަނީ އަލިފާން ރޯވެ ހަލާކުވެފައެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް