Advertisement
ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 16:48
އެމްސީއެސްއިން ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ތިބި ބައެއް ޤައިދީން
އެމްސީއެސްއިން ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ތިބި ބައެއް ޤައިދީން
ކަރެކްޝަންސް
ޤައިދީންނާ ބައްދަލުކުރުން
ޤައިދީންނާ ބައްދަލު ކުރެވޭ އާއިލީ މެމްބަރުން އިތުރުކޮށްފި
ލިސްޓަށް ބޮޑު ދައްތަ އާއި ބޭބެ، އަދި އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި، އެމީހުންގެ ދަރިން އިތުރުކޮށްފައިވޭ

ޤައިދީންނާ ބައްދަލު ކުރެވޭ އާއިލީ މެމްބަރުން އިތުރުކޮށްފިއެވެ.

ކަސްޓޯޑިއަލް ޖަލުތަކުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދަށް ގެނެސްފައިވާ ބަދަލުގެ ދަށުން ޤައިދީންނަށް ބައްދަލުކުރެވޭ މީހުންގެ ލިސްޓަށް ބޮޑު ދައްތަ އާއި ބޭބެ، އަދި އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި، އެމީހުންގެ ދަރިން ވެސް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރަށް ދޮން ދަރިންނާއި، ދޮން ކާފަ އަދި މާމަގެ އިތުރަށް ޝަރުއީގޮތުން ބެލެނެވެރިކަން ލިބިފައިވާ މީހުން ވެސް ހިމަނާފައިވެއެވެ.

Advertisement

މި ޤަވާއިދު ކުރިން އޮތް ގޮތުން ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނާ ބައްދަލު ކުރެވޭނީ މައިންބަފައިންނާއި، ދޮންމަންމަ އަދި ބައްޕަ އާއި، އަނބިން އަދި ފިރިންގެ އިތުރުން ދަރިންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، މާމަ އަދި ކާފަ ދަރިންނާއި، މާމަ އަދި ކާފައަށެވެ. މީގެ އިތުރުން ޝަރުއީ ބަދަލުވެރިންނަށެވެ.

ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރާ ފަރާތްތަކުގެ ތެރެއިން، ތަޙުޤީޤު މަރުހަލާގައި ތިބޭ ފަރާތްތަކާއި، ބަންދުކޮށްފައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައިވާ ފަރާތްތަކުގެ ތެރެއިން ކޯޓަށް ހާޒިރުކުރުމުގެ ބޭނުމަށް ހައްޔަރުކޮށް ބަންދުކުރާ ފަރާތްތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް