ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 13:16
ހުކުރު ނަމާދު
ހުކުރު ނަމާދު
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ހޭދަކުރުމުގައި މުޅި އަތްމަތި ހުސްކޮށްލާ މީހަކަށް ނުވޭ: ޚުތުބާ
މުދަލާއި ފައިސާއަކީ މާތްﷲ އިންސާނުންނަށް ދެއްވި މަތިވެރި ނިއުމަތްތަކެއް
މުށް ބާރުކޮށް މުދާ ހޭދަނުކޮށް ހުންނަ މީހަކަށް ނުވުމަށް އަންގަވާފައިވޭ
ދަރަންޏެއް ނަގައިފިނަމަ ދަރަނި އަދާކުރުމަށް އަވަސްވެގަންނަންޖެހޭ

މުދާ ހޭދަކުރުމުގައި މުޅި އަތްމަތި ހުސްކޮށްލާ މީހަކަށް ނުވުމަށް މާތް ﷲ އަންގަވާފައިވާކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާ އިއްވާފައިވަނީ "އިގުތިސާދު ކުރުން" މި މައުޟޫއަށެވެ. ޚުތުބާގައި ބުނީ މާތް ﷲ އަހަރެމެން އިންސާނުންނަށް ގިނަ ނިއުމަތްތަކެއް ދެއްވާފައިވާއިރި، މި ނިއުމަތްތަކުގެ ތެރެއިން މުދަލާއި ފައިސާއަކީ އެކަލާނގެ އިންސާނުންނަށް ދެއްވި ނިއުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ދެ ނިއުމަތް ކަމަށެވެ. އެކަލާނގެ އެންގެވި ގޮތަށް މުދަލާއި ފައިސާ ހޯދައި، އަންގަވާފައިވާ ގޮތަށް އެތަކެތި ހޭދަކުރުމަކީ އޭގައި ސަވާބައި ދަރުމަ ހުރި ކަމެއް ކަމަށް ބުނެފައިވެއެވެ.

މާތް ﷲ އަހަރެމެންނަށް އަންގަވާފައިވަނީ މުށް ބާރުކޮށް މުދާ ހޭދަނުކޮށް ހުންނަ މީހަކަށް ނުވުމަށް ކަމަށް ޚުތުބާގައި ބުނެއެވެ. އަދި ހޭދަކުރުމުގައި މުޅި އަތްމަތި ހުސްކޮށްލާ މީހަކަށްވެސް ނުވުމަށް ނަސޭހަތްތެރި ވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހަމަ މިމޭރުމުން ކެއިން ބުއިމާއި މުދަލާއި ފައިސާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ ﷲ ތަޢާލާ ހަރާމް ކުރައްވާފައިވާ ކަމެއް
ޚުތުބާ

ޚުތުބާގައި ބުނީ ބޭނުންތައް ފުއްދުމަށްޓަކައި ދަރަނި ނެގުމަކީ ހުއްދަ ކަމެއް ކަމަށެވެ. އެހެންނަމަވެސް މި ދަރަނި އަނބުރާ ދެއްކުމަށް އަވަސްވެގަންނަންޖެހޭކަމަށާއި، އަބަދުވެސް ހުންނަންޖެހޭނީ މީހުންގެ ހައްގުތަކާއި، ދަރަނިތައް އަދާކޮށް، މަރަށް ތައްޔާރުވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ: މުއުމިނު އަޅާ އޭނާގެ ދަރަނި އަދާކޮށްފުމަށް ދާންދެން އޭނާގެ ފުރާނަ ވަނީ ދަރަންޏާއެކު ހިފެހެއްޓިގެންނެވެ
ޚުތުބާ

ޚުތުބާގައި ބުނީ މިއަދު އާންމު ރައޔްިތުންނާއި، ޒުވާނުން އިގްތިސާދު ކުރުމަށް ހޭލުންތެރިކުރުވައި އެމީހުންނަށް އެކަމުގެ ތަމްރީނު ފޯރުކޮށްދޭން ޖެހިފައިވާކަމަށެވެ. އިސްލާމް ދީނުގައި މަސައްކަތްތެރިކަމާއި، ހޭދަކުރުމާއި، އިގްތިސާދުކުރުމުގެ ކަންތައް ހުރި ނެތް ގޮތުގެ މައްވަށް އަދުގެ ޖީލު ހޭލުންތެރިކުރުވަން ޖެހިފައިވާކަމަށާއި، މިއީ މައިންބަފައިންނާއި، ކަމާބެހޭ މަސްއޫލުވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެކުދިންނަށް ނަމޫނާ ދައްކާ ބަޔަކަށް އެމީހުން ވާންޖެހޭ ކަމަށާއި، ނޫންނަމަ މިކަމުގެ ހެޔޮ ނަތީޖާއެއް ނުފެންނާނެ ކަން ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް