ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 12:29
ކަލާފާނު ސްކޫލް
ކަލާފާނު ސްކޫލް
ރާއްޖެއެމްވީ
ކަލާފާނު ސްކޫލް
ކަލާފާނު ސްކޫލުގެ ފޭސްބުކް އެކައުންޓް ހެކްކޮށްފި
މި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި
މި ދަނޑިވަޅުގައި އެ އެކައުންޓުން ލިޔާ ޕޯސްޓުތަކަކީ އަދި ކުރާ ކޮމެންޓުތަކަކީ ސްކޫލުން ކުރާ ކަމެއް ނޫން

ކަލާފާނު ސްކޫލްގެ ރަސްމީ ފޭސްބުކް އެކައުންޓް ހެކްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށް އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ.

މިއާއެކު މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ރިޕޯޓުކޮށް އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ސްކޫލުގެ ނަމުގައި އެ ފޭސްބުކު އެކައުންޓުން ލިޔާ ޕޯސްޓުތަކާއި ކުރާ ކޮމެންޓުތަކަކީ ކަލާފާނު ސްކޫލުން ކުރާކަމެއް ނޫންކަމަށެވެ. އަދި މިކަމަށް ސަމާލުވުމަށް އަންގާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް