ކ. މާލެ
|
30 ޑިސެންބަރ 2022 | ހުކުރު 07:23
ޖަލްސާގައި ވާހަކަދައްކަވަނީ
ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
ރައީސް ޞާލިހު ވެރިކަމަށް ގެންނަން އުޅެނީ އެމްޑީޕީއަށް ވެރިކަން ހޯދައިދޭން: މޫކޭ
މޫކޭ ވަނީ ރައީސް ޞާލިހު ވެރިކަންކުރައްވާ ގޮތް ފެނި ގިނަ ދިވެހިން ތިބީ އެމަނިކުފާނު ދެކެ ލޯބިވެވިފައި ކަމަށް ވިދާޅުވެފައި
މިއަދު ވެރިކަން ކުރައްވާ ގޮތާ މެދުގައި ގިނަ ދިވެހިން ތިބީ ރުހިގެން ކަމަށް އޭނާ ވިދާޅުވި

ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރަމުން ދަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ވެރިކަމެއް ރާއްޖެ އިން ފެންނަން ބޭނުންވާތީ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސާލިހަށް ތާއީދު ކުރާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ 2023ގައި އެމްޑީޕީ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެވޭނެ ކެނޑިޑޭޓަކީ ރައީސް ޞާލިހު ކަމަށެވެ. އެމަނިކުފާނު މިއަދު ވެރިކަން ކުރައްވާ ގޮތާ މެދުގައި ގިނަ ދިވެހިން ތިބީ ރުހިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މޫކޭ ވަނީ ރައީސް ޞާލިހު ވެރިކަންކުރައްވާ ގޮތް ފެނި ގިނަ ދިވެހިން ތިބީ އެމަނިކުފާނު ދެކެ ލޯބިވެވިފައި ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ޞާލިހުގެ ވެރިކަމުގައި ރާއްޖެ އަށް ހަމަޖެހުން ގެނެސްދީފައިވާ ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ ގިނަ ކަންކަން ކުރިއަށްދާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ ހުރިހާ އެންމެން ރައީސް ސާލިހު އަށް ތާއީދުކުރަމުން ދަނީ 2012 ވަނަ އަހަރު އެމްޑީޕީ އަށް ވެރިކަން ގެއްލުމުން މަގުމަތީގައި ހަތް އަހަރު ދުވަހު އުޅުމަށް ފަހު، އަލުން އެމްޑީޕީ އަށް ވެރިކަން ހޯދައި ދެއްވި ބޭފުޅަކީ ރައީސް ޞާލިހުކަމަށްވުމުން ކަމަށް ވިދާޅުވެފައެވެ. އިތުރަށް ވާހަކަދައްކަވަމުން މޫކޭ ވަނީ އެއްވެސް މީހެއް އަތުން އެމްޑީޕީ އަތުލައިގަންނަން ނޫޅޭ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް