Advertisement
ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 20:26
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ޕީޖީ އޮފީހުގެ މަސައްކަތްތައް
މިއަހަރު ޕީޖީ އޮފީހުން ކޯޓަށް 1،920 ދައުވާ ހުށަހަޅައިފި
2،162 މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަން ނިންމާފައިވޭ
1،234 މައްސަލަ ކޯޓުގައި ކާމިޔާބުކޮށްފައިވޭ

މިއަހަރު ނިމުނުއިރު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން 1،920 ދައުވާ ކޯޓަށް ހުށަހަޅާފައިވާކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

އަހަރުގެ މަސައްކަތު ފަހު ދުވަސް ނިންމާލުމަށްފަހު ޕީޖީ އޮފީހުން ހިއްސާކުރި މައުލޫމާތުގައިވާގޮތުން, އެ އިދާރާއިން ވަނީ މިއަހަރުގެ ތެރޭގައި 2،162 މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަން ނިންމާފައެވެ. 1،920 ދައުވާ ކޯޓަށް ހުށަހަޅާފައިވާއިރު، 1،234 މައްސަލަ ކޯޓުގައި ކާމިޔާބުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.

ޕީޖީ އޮފީހުން ބުނީ 2022 ވަނަ އަހަރުގެ އެންމެހައި ތަފާސްހިސާބުތައް މިހާރު "އާމަހި" ވެބްސައިޓުން ފެންނަންހުންނާނެ ކަމަށެވެ. އަދި މި ތަފާސްހިސާބުތަކުން މި ނިޒާމު ހިނގަމުންދާގޮތުގެ ތަސައްވުރެއް ސިކުނޑިއަށް ގެނެވޭނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

Advertisement

އެ އޮފީހުގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި މައުލޫމާތު ހާމަކުރުން ކަމަށާއި، މިކަމަށް ފަހިވާނެ އިތުރު ދޮރުތައް 2023 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ހުޅުވާނެ ކަމަށް ބުނެފައިވެއެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް އެ އޮފީހުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ހާމަކުރުމުގެ ގޮތުން ވަނީ "އާމަހި"ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފައެވެ. މިގޮތުން ކޮންމެ ދުވަހަކު، ތަހުގީގީ އިދާރާތަކުން ޕީޖީ އޮފީހާ މަޝްވަރާކުރާ މައްސަލަތަކާއި، އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކާއި، ކޯޓުގައި މައްސަލަ ތާވަލުކުރާ ގޮތާއި، މައްސަލަތައް ނިމޭގޮތާބެހޭ ހުރިހާ މައުލޫމާތެއް ވެބްސައިޓުން ފެންނާނެއެވެ. ޕީޖީ އޮފީހުން ބުނީ މި މައުލޫމާތުތައް ކޮންމެ 6 ގަޑިއިރަކުން އެއްފަހަރު އަދާހަމަ ކުރެވެމުންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް