Advertisement
ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 07:20
އާސްކް ސްޕީކަރގެ ހަވަނަ ޕްރޮގްރާމުގެ ތެރެއިން
އާސްކް ސްޕީކަރގެ ހަވަނަ ޕްރޮގްރާމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދު
ޕްރައިމަރީއާ ދިމާކޮށް ރައީސް ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ
މި ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ރޭ 8:30ގައި ސަލްޓަން ޕާކުގައި
މިއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއްމުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮންނާނީ ބުދަ ދުވަހުގެ ރޭ 8:30ގައި ސަލްޓަން ޕާކުގައެވެ. މިއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.

"ފިކުރުގެ ދިރުން" ގެ ނަމުގައި ރައީސް ނަޝީދު ރައްޔިތުންނާ ބައްދަލުކުރައްވަން ތާވަލު ކުރައްވާފައިވާއިރު އެމަނިކުފާނު ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ. އެމަނިކުފާނު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މި މަހުގެ 23 ވަނަ ދުވަހު ފޯމު ހުށަހަޅުއްވާފައެވެ.

Advertisement

ރައީސް ނަޝީދުގެ އިތުރުން އަންނަ އަހަރުގެ ޖެނުއަރީ 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ވާދަ ކުރައްވާނެއެވެ. އެމަނިކުފާނު ވާދަ ކުރައްވަން ނިންމަވައި ފޯމު ހުށަހެޅުއްވީ މި މަހުގެ 24ގައެވެ.

ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ މެންބަރުންނަށް އެމްޑީޕީން ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތިލެއްވީ ރައީސް ޞާލިހު އާއި ރައީސް ނަޝީދު އެކަންޏެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން މިހާރު ޕްރައިމަރީގެ ކޮމިޓީވެސް ވަނީ އެކުލަވާލައިފައެވެ. ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިދާރީ، އިބްރާޙީމް ވަޙީދު (އިބުރޭ) އާއި ސްޕޯކްސް ޕާސަން އަނަސް ޢަބްދުއްސައްތާރު އާއި މަތިއުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން އާއި ކެނދިކުޅުދޫ ދާއިރާގެ ރައީސް މުޙައްމަދު އީމާން އާއި އެ ޕާޓީގެ ޤާނޫނީ ކޮމިޓީގެ ކުރީގެ މުގައްރިރު އަޙްމަދު ޢަބްދުﷲ އަފީފު ވަނީ ކޮމިޓީއަށް އައްޔަނުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް