ކ. މާލެ
|
25 ޑިސެންބަރ 2022 | އާދީއްތަ 07:10
ނިޝާމާ މުހައްމަދު
ނިޝާމާ މުހައްމަދު
ސޯޝަލްމީޑިއާ
ނިޝާމާގެ ޕޯސްޓްމޯޓަމް ރިޕޯޓު
ނިޝާމާ މަރާލާފައިވަނީ ނޭވާ ހާސްކޮށްގެން: ޕޯސްޓްމޯޓަމް ރިޕޯޓު
ނިޝާމާގެ ޕޯސްޓްމޯޓަމް ވަގުތީ ރިޕޯޓު ވަނީ ލިބިފައި
އޭނާގެ މަރުގެ ތުހުމަތު ކުރަނީ ފިރިމީހާ ފައިސަލްއަށް
ނިޝާމާގެ ޖަނާޒާ ވަނީ ބާއްވާފައި

މިމަހުގެ 10 ވަނަ ދުވަހު ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދު މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ވަގުތީ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއްޖެއެވެ.

މިމަހުގެ 21 ވަނަ ދުވަހު ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ. އަދި ޕޯސްޓްމޯޓަމަށްފަހު އޭނާގެ ހަށިގަނޑު ހޮނިހިރު ދުވަހު މާލެ ގެނެސް ޖަނާޒާވެސް ވަނީ ބާއްވާފައެވެ.

ފުލުހުން ވަނީ ނިޝާމާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ލިބިފައިވާކަމަށް ބުނެފައެވެ. މި ރިޕޯޓުން އެނގިފައިވާގޮތުގައި އޭނާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްލައިގެން ކަމަށް ފުލުހުން ހާމަކުރެއެވެ.

ނިޝާމާގެ މަރުގެ ތުހުމަތު ފުލުހުން ކުރަނީ އޭނާގެ ފިރިމީހާ އދ. ފެންފުށި، ރޯޒީ ވިލާ އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލްގެ މައްޗަށެވެ. އޭނާއަކީ އަބަދުވެސް ނިޝާމާއަށް އަނިޔާކުރާ މީހަކަށް ވެއެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، 15 ދުވަހަށް ބަންދުކުރިއެވެ. ފުލުހުންގެ ބަންދުގައި ހުއްޓައި އޭނާ މަރުވީ ދަންޖެހެން މަސައްކަތްކޮށް، ހާލު ސީރިއަސްވެގެންނެވެ.

ނިޝާމާގެ މަރާ ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ރަށުތެރޭގައި ވާހަކަދެކެވޭއިރު ނިޝާމާގެ ހަށިގަނޑު ދުށްމީހަކާ ހަވާލާދީ "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދިން މީހަކު ބުނީ، މަރުވެފައި އޮތްއިރު ނިޝާމާގެ ހަށިގަނޑުން ޒަޚަމްތަކުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރާއި އަތާއި މޫނުން ޒަޚަމްގެ ނިޝާންތައް ފެންނަން ހުރިކަމަށް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް