ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 23:28
ހއ އުލިގަމް
ހއ އުލިގަމް
ޓްވިޓަރ
ކުޑަ ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓުން
ހއ.އުލިގަމުގައި ކުޑަކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓި ކުއްޖާ މަރުވެއްޖެ
މަރުވެފައި ވަނީ 9 އަހަރުގެ ކުއްޖެއް

ހއ. އުލިގަމުގައި ކުޅެން ހުރި ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހއ.އުލިގަމު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުޑަ ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓުނުކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހޮނިހިރު ދުވަހު 17:50ގައި ކަމަށެވެ. މަރުވެފައި ވަނީ 9 އަހަރުގެ ކުއްޖެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އޭނާ މަރުވީ އުލިގަމު ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ މަރުވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ފޮނުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް