ކ. މާލެ
|
22 ޑިސެންބަރ 2022 | ބުރާސްފަތި 18:34
ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުންގެ ފަރާތުން ބެލެނިވެރިންނަށް ޚާއްސަ އިރުޝާދުތަކެއް
ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުންގެ ފަރާތުން ބެލެނިވެރިންނަށް ޚާއްސަ އިރުޝާދުތަކެއް
ޕޮލިސް
ފުރަތަމަ ޓަރމްގެ ޗުއްޓީ
ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުންގެ ފަރާތުން ބެލެނިވެރިންނަށް ޚާއްސަ އިރުޝާދުތަކެއް
ނަމާދު ވަގުތު ޖެހިއްޖެކަން ދަރިންނަށް ހަނދާންކޮށްދިނުމަށް ފުލުހުން އިލްތިމާސްކުރި
އާއިލީ ގުޅުން ދެމެހެއްޓުމަށް ފުލުހުން އިރުޝާދުދޭ

ފުލުހުންނަކީ ކުށްމަދު، އަމާން މުޖުތަމައެއް ބިނާކުރުމުގެ އިތުރުން ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވުމަށްޓަކައި މަސައްކަތްކުރަމުން އަންނަ މުއައްސަސާއެކެވެ. އެގޮތުން މުޖުތަމައުގައި އިޖުތިމާއީ ފެންވަރުގައި ޝާމިލްވެ ރައްކާތެރި މުޖުތަމައެއް ގާއިމްކޮށްދިނުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުގެމަތީން ކުރިއަށް އޮތް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ވަނީ ބެލެނިވެރިންނަށް އިރުޝާދުތަކެއް ދީފައެވެ. ފުލުހުން ވަނީ ބައެއް ކަންކަން ވަކިވަކިން ފާހަގަކޮށްފައެވެ.

އޭގެތެރެއިން ފުރަތަމަ ކަމަކީ ނަމާދު ވަގުތު ޖެހިއްޖެކަން ދަރިންނަށް ހަނދާންކޮށްދިނުމެވެ. ފުލުހުން ވަނީ ޗުއްޓީގެ ދުވަސްތަކުގައިވެސް ދީނީކަންކަމަށް ސަމާލުކަންދިނުމަށް ކުދިންނަށް ބާރުއަޅަން އިރުޝާދު ދީފައެވެެ. އެގޮތުން ޗުއްޓީ ދުވަސްވަރު ނަމާދުކުރުމުގައި ދަރިންނަށް ބެލެނިވެރިން ނަމޫނާ ދެއްކުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އޭރުން ޗުއްޓީގެ ދުވަސްތައް ނިމޭއިރު ކުދިން ތިބޭނީ އެކަމަށް ހޭނިފައިކަން ފުލުހުން ފާހަގަކުރިއެވެ. ހަމައެގޮތަށް ކޮންމެ ނަމާދަކަށްފަހު ޤުރުއާން ކިޔަވާލުމަށް ވަގުތުކޮޅެއް ހޭދަކުރުމާއި، ނަމާދުގައި ކިޔާ ދުއާތަކާއި ޒިކުރުތައް ކުދިންނަށް ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

ދެވަނަ ކަމަކީ އާއިލީ ގުޅުން ދެމެހެއްޓުމެވެ. ފުލުހުން ވަނީ، އާއިލާ މީހުންގެ ތެރޭގައި ކުއްޖާ ހޭދަކުރާ ވަގުތުތައް ހޭދަކުރުމަށް ބާރުއަޅާފައެވެ. ތިންވަނަ ކަމަކީ ގޭތެރޭގައި ކުރާ ބައެއް މަސައްކަތްތައް ދަސްކޮށްދިނުމެވެ. އެގޮތުން ގޭތެރޭގެ މަސައްކަތްތަކުގައި ކުދިން ބައިވެރިކޮށް ކުދިންގެ އުމުރާ ގުޅޭގޮތަށް މަސައްކަތްތައް ހަވާލުކޮށް، ކަންކަން ދަސްކޮށްދިނުމަށް ފުލުހުން އިރުޝާދުދެއެވެ.

ހަތަރުވަނަ ކަމަކީ، އެކުގައި ހިނގާލަން ދިއުން ނުވަތަ ޕާކަށް ދިޔުމެވެ. ފުލުހުން ވަނީ މިއީ ކުއްޖާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ ވަގުތުކޮޅަކަށް ވާނެކަން ފާހަގަކޮށްފައެވެ. އަދި މި ނޫނަސް ބޮޑެތި މީހުންނަށް އިހުތިރާމްކުރުމާއި މަގުމަތީގެ އަދަބުތަކަށް އިހުތިރާމުކޮށް މުއާމަލަތުކުރުމުގެ ރީތިގޮތް ކުއްޖާއަށް ކިޔައިދިނުން މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އެއްކުއްޖަކު އަނެއް ކުއްޖަކަށް ބުލީ ނުކުރުމަށް ކުދިންނަށް ވިސްނައިދޭންވާނެއެވެ. މިކަންކަމަށް ބާރުއަޅައި ނަސޭހަތްތެރިވާންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ހަމަ އެހެެންމެ މީސްމީޑިއާގެ ވަސީލަތްތައް ކުދިން ބޭނުންކުރާއިރު ބެލެނިވެރިން އެކަމަށް ޚާއްސަ ސަމާލުކަމެއްދީ، ކުއްޖާ ރައްކާތެރިކުރުމަށް މަސައްކަތްކުރަންވާނެ ކަމަށާއި ގޭތެރޭގެ މާހައުލުންވެސް ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

- ކޮމެންޓް