ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 19:01
މޭޒެއްގެ މަތީގައި ހުޅުވާފައި އޮތް ސިނގިރޭޓް ފޮއްޓެއް
މޭޒެއްގެ މަތީގައި ހުޅުވާފައި އޮތް ސިނގިރޭޓް ފޮއްޓެއް
ގެޓީއިމޭޖަސް
މަގޭ ރިޕޯޓް
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
ރާއްޖޭގެ މައި ބަނދަރުތަކުގައި ހުރި ވަރުގަދަ ސެކިއުރިޓީ ފޫއަޅުވާލައި 13 މިލިއަނަށްވުރެ ގިނަ ސިނގިރެޓު ވަގަށް ނަގާ، ކޮންޓެއިނަރުތައް ބަދަލުކުރީ ސަރުކާރުގެ މަތިފަޑީގެ އަތެއް އޮވެގެން ކަމުގެ ތުހުމަތުކުރެވެ އެވެ. މި ސަރުކާރުގައި ދައުލަތުގެ މުދަލާއި ފައިސާ ވަގަށް ނަގަމުންދަނީ ބޮލީވުޑްގެ ފިލްމެއްގެ މަންޒަރުތަކެއް ހެނެވެ.

ރާއްޖޭއަށް އެތެރެވެ ބޭރުވާން އޮންނަނީ މައި ދެ މަގެކެވެ. އެއީ ވައިގެ ބަނދަރު ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. ދެން އޮތީ އެމްޕީއެލްގެ ވިޔަފާރި ބަނދަރެވެ. މިއީ 24 ގަޑި އިރު ސެކިއުރިޓީންނާއި ވަށައިގެން ކެމެރާތައް ހަރުކޮށްފައި ހުންނަ ތަންތަނެވެ. އެތަނުން ހިލަމެއްވާނަމަ އެކަން ނޭނގޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް 13 މިލިއަނަށް ވުރެ ގިނަ ސިނގިރެޓެ ވަގަށް ނެގި އިރު ބަޔަކު ކަހާތަން ހިރުވާ ވެސް ނުލަ އެވެ.

ރާއްޖޭގައި ލައްކަ ވައްކަން ކޮށްފައި އެބަހުއްޓެވެ. އަދި އަމުދުން މި ސަރުކާރުގައި ކުރާ ވައްކަމާއި ގެއްލޭ ތަކެއްތި ފެނިފައި ނުވެ އެވެ. އެއީ ފައިސާ ދަބަހަކަށް ވިޔަސް އަދި ސިނގިރެޓަކަށް ވިޔަސް އެކަން އޮތީ އެހެނެވެ. ވައްކަން ކުރި ގޮތް އިހައް ދުވަހަކު ފުލުހުން ހާމަކުރި އިރު އެ ވާހަކަ އަޑު އަހާ އަަހަރެން އިނީ އަޖައިބު އަންތަރީސް ވެފަ އެވެ. ފުލުހުންގެ ބަޔާން ކިޔަމުން ދިޔައިރު އަހަރެންނަން ސިފަވީ ބޮލީވުޑުގެ ފިލްމެއްގެ މަންޒަރެކެވެ. އަދި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ވެސް ސައުތު އިންޑިއަން ފިލްމަކާ އެވެ.

އެއޮތް ވަރުގަދަ ސެކިއުރިޓީ ފޫއަޅުވާލާ 40 ފޫޓުގެ ދެ ކޮންޓެއިނަރު ވަގަށް ނަގައިގެން އެ ގެންދިޔައީ ފެން ފޮދެއް ދިރުވާލާހާ ވެސް ފަސޭހައިންނެވެ. އެކަމަކުވާ އަދިވެސް މިހުރީ ފުލުހުން އެ ބުނި ވާހަކަ އަޑު އަހާފައި ފާޑެއްގެ ޝޮކެއްގަ އެވެ.

ފުލުހުންގެ މެސެޖުގައި އޮތީ މިހެންނެވެ. މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމް.ޕީ.އެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމް.ޕީ.އެލް ޓާރމިނަލްގައި ބެހެއްޓުމަށް ފަހުއެވެ. އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިހިސާބަށް ބަޔާނުގައި އޮތް ވާހަކަ ކިޔާފައި ހިތަށް އެރި އެވެ. މި ވަގަށް ނެގީ ސިނގިރެޓެވެ. ކިތައްކިތައް އެއްޗެއް މިހެން ގެއްލިފައި ހުންނާނެ ހެއްޔެވެ. އަދި ނުވިތާކަށް އޮޅުވާލައިގެން ވައްދާލާފައި ހުންނާނެ ހެއްޔެވެ. މި ބަނދަރު ބަލަހައްޓާ ސެކިއުރިޓީ އިން ކޮބައި ހެއްޔެވެ. އެތާގައި ހުރި ސީސީޓީވީ ފުޓޭޖް ކޮބައި ހެއްޔެވެ. އެކަން ކުރި އިރު ހަމަ ހިލަމެއް ވެސް ނެތީ ހެއްޔެވެ. ގެއްލިގެން މިއުޅެނީ ދެ ފޮށި ސިނގިރެޓެއް ނޫން ވިއްޔާ އެވެ.

ދައުލަތަށް 122 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމެއްގައި މި ވައްކަން އޮތީ ފޮރުވާފަ އެވެ. މިވާހަކަ ވެސް ތިލަކުރަން ޖެހުނީ ނޫސްވެރިންނަށެވެ. ނޫސްވެރިން މި ވާހަކަ ތިލަ ކުރީމާ ދެން އަވަސް ވެގަތީ މިކަމުގައި ފިޔަވަޅު އަޅާވާހަކަ ދައްކާށެވެ. އަވަސް ވެގަތީ އެކަންކަން ފޮރުވާށެވެ. ކޮންޓެއިނަރު ވަގަށް ގެންދިޔަ އިރެއް ވެސް ނޭނގެނީ އެވެ. ނުވަތަ ނާންގަނީ އެވެ. ނުވަތަ އެނގި ތިބެ ބުނަން ބޭނުން ނުވަނީ އެވެ.

ތުންތުން މަތިން އަޑުއިވޭ ގޮތުގައި މިކަން ހިނގައިދިޔައީ ސަރުކާރުގެ މަތިފަޑީގައި ތިބި ބައެއްގެ ވެސް އަތެއް އޮވެގެންނެވެ. ވައްކަން ކުރަން ނިންމީ ބައި އަޅާ ގޮތަށެވެ. ނަމަވެސް ކޮންމެވެސް އެ ބަޔަކު މުޅި ކޭކު ކާން ބޭނުންވެގެން ބައިވެރިންނަށް ވާނެ އެއްޗެއް ވާން ދޫކޮށްލީ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ބަލާއިރު ތިބީ ސަރުކާރަށް ސަނާ ކިޔާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނެވެ. ވިޔަފާރިވެރިންގެ ތެރެއިން މި ސަރުކާރު ވެރިކަމަށް ގެންނަން ޖާނާ މާލުން ގުރުބާންވީ މީހުންނެވެ. ކުރިންވެސް ސިނގިރެޓު ވަގަށް އެތެރެކުރި މައްސަލައިގައި ހިމެނޭ ބޮޑުންނެވެ. އެހެންވީމާ މިއީ ރޭވިގެން ހިންގި ޖަރީމާއެކޭ ނުބުނެވޭނެ އެއްވެސް ޖާގައެއް ނެތީ އެވެ.

- ކޮމެންޓް