Advertisement
ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 15:56
ޕީޖީ ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
ޕީޖީ އޮފީސް
އާމަހި ވެބްސައިޓް
ޕީޖީ އޮފީހުގެ މަސައްކަތްތައް ހިއްސާކުރުމަށް "އާމަހި" ވެބްސައިޓް ލޯންޗުކޮށްފި
ޕީޖީ އޮފީހުގެ ހުރިހާ މަސައްކަތުން ވެބްސައިޓުން ފެންނަން ހުރޭ
މައްސަލަތަކުގެ ތަފްސީލުތައް ބަލާލެވޭނެ
ކޮންމެ 6 ގަޑިއިރަކުން އެއްފަހަރު މައުލޫމާތުތައް އަދާހަމަ ކުރެވޭނެ

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ހިއްސާކުރުމަށް "އާމަހި" ވެބްސައިޓް ލޯންޗުކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގައި ދުވަހުން ދުވަހަށް ކުރާ، މައިގަނޑު ހުރިހާ މަސައްކަތަކާބެހޭ މަޢުލޫމާތު މި ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބެލޭނެ ކަމަށެވެ.

މިގޮތުން ކޮންމެ ދުވަހަކު، ތަޙްޤީޤީ އިދާރާތަކުން ޕީޖީ އޮފީހާ މަޝްވަރާކުރާ މައްސަލަތަކާއި، އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކާއި، ކޯޓުގައި މައްސަލަ ތާވަލުކުރާ ގޮތާއި، މައްސަލަތައް ނިމޭ ގޮތާބެހޭ ހުރިހާ މަޢުލޫމާތެއް ވެބްސައިޓުން ފެންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

Advertisement

ޕީޖީ އޮފީހުން ބުނީ މި މައުލޫމާތުތައް ކޮންމެ 6 ގަޑިއިރަކުން އެއްފަހަރު އަދާހަމަ ކުރެވެމުންދާނެ ކަމަށެވެ.

މި ވެބްސައިޓަށް ނަގާ މައުލޫމާތަކީ އެ އޮފީހުގެ ކޭސްމެނޭޖްމަންޓް ސޮފްޓްވެއަރއިން އޮޓޮމެޓިކުން ނަގާ މައުލޫމާތުތަކެއް ކަމުން، ވަކި މީހަކު ނުވަތަ ބަޔަކު ބޭނުންވެގެން، ވަކި ގޮތަކަށް މި މައުލޫމާތުތައް ބަދަލެއް ނުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް