ކ. މާލެ
|
17 ޑިސެންބަރ 2022 | ހޮނިހިރު 17:35
ރައީސް، ލިވިންގ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުން
ރައީސް، ލިވިންގ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުން
ރާއްޖެއެމްވީ
މޯލްޑިވްސް ލިވިންގ އެކްސްޕޯ
ރައީސް، ލިވިންގ އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފި
މި އެކްސްޕޯގައި ރާއްޖޭގައި ގެދޮރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކާއި، ލަންކާއާއި އިންޑިއާގައި ގެދޮރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން ބައިވެރިވޭ
އެކްސްޕޯ ބާއްވާފައިވަނީ ޑިސެމްބަރު 15، 16 އަދި 17 ވަނަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ލިވިންގ އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފިއެވެ.

ހައިރައިޒްއިން ގެދޮރުވެރިކަމަށް ޚާއްސަކޮށްގެން ބާއްވާ މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 10 ވަނަ އެޑިޝަން ބައްލަވާލެއްވުމަށް ހޮނިހިރު ދުވަހު ހަވީރު ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ހައިރައިޒްގެ ފައުންޑަރ އިސްމާއީލް ހަމީދުއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްގެ އިތުރުން، އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކެވެ. ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރްތަކުރައްވައި، އެ ސްޓޯލްތަކާ ގުޅުންހުރި މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މި އެކްސްޕޯ ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގައެވެ. އެކްސްޕޯ ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އެކްސްޕޯ ބާއްވާފައި ވަނީ ޑިސެމްބަރު 15، 16 އަދި 17 ވަނަ ދުވަހުއެވެ.

މި އެކްސްޕޯގައި އެކި ފަންތިތަކުގެ ގެދޮރުވެރިކަން ހުށަހެޅިފައިވެއެވެ. ކޮވިޑްގެ ހާލަތުގައިވެސް ހުއްޓާނުލައި އެކްސްޕޯ ކުރިއަށްގެންދެވުނީތީ އުފާކުރާކަމަށް ހައިރައިޒްއިން ބުނެއެވެ. މި އެކްސްޕޯގައި ރާއްޖޭގައި ގެދޮރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކާއި، ލަންކާއާއި އިންޑިއާގައި ގެދޮރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން ބައިވެރިވެއެވެ. މިއަހަރުގެ ލިވިންގ އެކްސްޕޯގައި 35ށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް
- ގުޅުންހުރި
ލިވިންގ އެކްސްޕޯގެ 12 ވަނަ އެޑިޝަންގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކޮށްފި
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
މޫނަށް ކަނދުރާއަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތުތައް ބައްލަވާ، ދައުލަތުގެ ބައި ލާރިއެއްގައިވެސް ނުޖެހެން: ރައީސް ސާލިޙު
އެމްޑީޕީގެ ކުރިމަގާ މެދު އާއްމު މެމްބަރުންނަށް ރައީސް ޞާލިޙުގެ މެސެޖެއް!
މިއަދުގެ ސަރުކާރު ސިފަ ކުރެވެނީ ހުންގާނެއް ނެތް އޮޑިއެއްގެ ގޮތުގައި: ރައީސް ސާލިޙު
މިދިޔަ ސަރުކާރަށް ނިސްބަތްކޮށް ޝިޔާމް އޭރު ވިދާޅުވީ "ކިޔޫ ސަރުކާރު"، މަސްވެރިން ނިކަމެތިކުރާ ސަރުކާރު. މިއަދު؟
ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ