ކ. މާލެ
|
16 ޑިސެންބަރ 2022 | ހުކުރު 22:41
ގުޅީ ފަޅު އަލިފާން
ގުޅީ ފަޅު އަލިފާން
އެމްއެންޑީއެފް
އެފްކޮންސްގެ ބްލޮކެއްގައި އަލިފާން ރޯވުން
އެފްކޮންސްގެ ބްލޮކެއްގައި އަލިފާން ރޯވުން: ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިވާހިކަން ދީފި
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 އެހާއިރު
ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 އެހާއިރު

ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖް މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކެއްގައި ބުރާސްފަތި ދުވަހުގެ ދަންވަރުހިނގި އަލިފާނުގެ ހާދިސާގަ ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފިއެވެ.

ޕްލޭނިން މިނިސްޓްރީ އިން ބުނިގޮތުގައި ހާލުގައި ޖެހުނު މުވައްޒަފުންނަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސާދީފައެވެ. ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ ހުޅުމާލޭގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކާއި ގުޅީފަޅުގައި ހުންނަ ބްލޮކެއްގައި ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެޗްޑީސީއާ ގުޅިގެން އެތަނުން އިތުރު ސަރަހައްދަކުން އެކޮމޮޑޭޝަނަށް ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 އެހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް އެ އިދާރާއިން ބުނެއެވެ. އަދި އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 އެހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އަލިފާނުގެ ޙާދިސާގައި އެކޮމޮޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދާހުލިވެފައެވެ. މި ޙާދިސާ އާއި ގުޅިގެން 13 މީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި އަލިފާނުގެ ޙާދިސާގައި އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުން ލިބިފައެއް ނުވެއެވެ.

މި އެކޮމޮޑޭޝަން ބްލޮކް ގައި 465 މީހުން ދިރިއުޅޭކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް