ކ. މާލެ
|
16 ޑިސެންބަރ 2022 | ހުކުރު 22:19
ގިރާވަރު
ގިރާވަރު
ގޫގުލް
ގިރާވަރު ފަޅު ތަރައްގީކުރުން
ގިރާވަރުފަޅު ތަރައްޤީކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި
ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ގިރާވަރު ފަޅު ހިއްކުމަށް ފަހު އެތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ވައުދުވެވަޑައިގަންނަވާފަ

ގިރާވަރުފަޅު ތަރައްޤީކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީ އިން އިއުލާންކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ގިރާވަރުފަޅު ތަރައްޤީކުރުމަށް ހުޅުވާލާފައި ވަނީ ކްރޮސް ސަބްސިޑީ އުސޫލުން ކަމަށެވެ. ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ތެރެއިން އެ މަޝްރޫޢުގައި ފައިނޭންސް ކުރުމަށް ހުޅުވާލާފައި ވަނީ ގިރާވަރު ފަޅުގައި ރެސިޑެންޝަލް ސިޓީ އެއް ތަރައްޤީކުރުމަށްޓަކާ ކަމަށް އެ ވުޒާރާ އިން ވަނީ ބުނެފައެވެ.

ގިރާވަރުފަޅު ތަރައްޤީކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް ކުރި އިއުލާންގައި ބުނެފައިވާ ގޮތުން އެ ފުރުޞަތު ހުޅުވާލާފައި އޮތީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ގިރާވަރު ފަޅު ހިއްކުމަށް ފަހު އެތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ވައުދުވެވަޑައިގަންނަވާފައެވެ. 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ބިޔަ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ޚައްސަކޮށްގެން ގިރާވަރު ފަޅުން 2000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް