ކ. މާލެ
|
15 ޑިސެންބަރ 2022 | ބުރާސްފަތި 18:05
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރައީސަށް ރިޕޯޓް އެރުވުން
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރައީސަށް ރިޕޯޓް އެރުވުން
ރައީސް އޮފީސް
ރިލްވާންގެ މަރުގެ މައްސަލަ
ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓް ރައީސަށް އަރުވައިފި
ރިލްވާން އަބްދުﷲގެ އާއިލާ މެންބަރުންނާ ބައްދަލުކުރައްވައި، ރިޕޯޓުގައި ހިމެނޭ ކަންކަން ވަރަށް ތަފްސީލުކޮށް އާއިލާއާ ހިއްސާކުރައްވާފައިވޭ
މައުލޫމާތުތައް ހިއްސާކުރައްވަންޖެހޭ ފަރާތްތަކާ ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު އަރުވައިފިއެވެ.

މި ރިޕޯޓް އެރުވުމަށްފަހު ކޮމިޝަނުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން ވަނީ، ރިލްވާންގެ އާއިލާ މެންބަރުންނާ ބައްދަލުކުރައްވައި ރިޕޯޓުގައި ހިމެނޭ ކަންކަން ވަރަށް ތަފްސީލުކޮށް އާއިލާއާ ހިއްސާކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އެ މަޢުލޫމާތުތައް ހިއްސާކުރައްވަންޖެހޭ ފަރާތްތަކާ ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރިޕޯޓާ ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް އެމަނިކުފާނު ކޮމިޝަނުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހަފުތާތެރޭގައި ރިލްވާންގެ އާއިލާ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް