ކ. މާލެ
|
15 ޑިސެންބަރ 2022 | ބުރާސްފަތި 17:09
ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން
ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން
ރައީސް އޮފީސް
ރާއްޖެ ޓީވީގެ އަހަރީ ދުވަސް
ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ރާއްޖެޓީވީން ކުރާ މަސައްކަތަށްޓަކައި ރައީސްގެ ޝުކުރު
12ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ޓީވީގެ އެންމެހާ މުވައްޒަފުންނަށާއި ބެލުންތެރިންނަށް ރައީސް ފޮނުއްވި
ރާއްޖެޓީވީން ކުރި މަސައްކަތުން، ޑިމޮކްރަސީގެ ޅަފަތުގައި އެކަމަށް މަގުފަހިވެ، ޑިމޮކްރަސީ ވަރުގަދަވެގެންދިޔަ
އެތައް ޖޫރިމަނާއަކާއި ގެއްލުންތަކެއް ސްޓޭޝަނަށް ލިބިފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެކަންކަމަށް އިންސާފު ލިބިފައެއްނުވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ރާއްޖެ ޓީވީގެ އަހަރީދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރާއްޖެ ޓީވީގެ 12 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖެ ޓީވީގެ 12ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ޓީވީގެ އެންމެހާ މުވައްޒަފުންނަށާއި ބެލުންތެރިންނަށް ފޮނުއްވާކަމަށެވެ. އަދި ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ރާއްޖެޓީވީން ކުރާ މަސައްކަތަށްޓަކައި ޝުކުރު އަދާކުރައްވާކަމަށެވެ.

މީގެ ކުރިން ރައީސް ވަނީ، ޑިމޮކްރަސީ ނިޒާމެއް ހިންގުމަށްޓަކައި ތެދު ހަގީގަތް ނުހަނު މުހިއްމުކަމަށާއި، އެކަމަށްޓަކައި ރާއްޖެޓީވީން ކުރި މަސައްކަތުން، ޑިމޮކްރަސީގެ ޅަފަތުގައި އެކަމަށް މަގުފަހިވެ، ޑިމޮކްރަސީ ވަރުގަދަވެގެން ދިޔަކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުގައި ރާއްޖެޓީވީއަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަނަމަވެސް، ރާއްޖެޓީވީން ގެންދިޔައީ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެޓީވީއަށް އަމާޒުކޮށް ޓެރަރިޒަމްގެ ބޮޑެތި އަމަލުތަކެއް ހިންގައި، ސްޓޭޝަންގެ ނޫސްވެރިންނަށް އެކި ގޮތްގޮތުން އަނިޔާއާއި ފިއްތުންތައް ކުރިމަތި ކުރުވަމުން ގެންދިޔައިރުވެސް، ސްޓޭޝަންގެ ޓްރާންސްމިޝަން މެދުކެނޑުމެއްނެތި ވަނީ ގެނެސްދީފައެވެ.

ރައްޔިތުންނަށް ތެދު ޚަބަރު ފޯރުކޮށްދިނުމަށް ކުރަމުންދިޔަ މަސައްކަތުގައި އެތައް ޖޫރިމަނާއަކާއި ގެއްލުންތަކެއް ސްޓޭޝަނަށް ލިބިފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެކަންކަމަށް އިންސާފު ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް، ރައީސް ސާލިހުގެ ސަރުކާރު އައުމަށްފަހު، ނޫސްވެރިންނަށް މިނިވަން، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގައިވެސް މިއަދު ރާއްޖެ ވަނީ ނިސްބަތުން އެތައް ގުނައަކަށް ކުރިއަށްގޮސްފައެވެ.

އާންމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ، އަދި 1 ވަނަ ޕްރައިވެޓް ބްރޯޑްކާސްޓަރުގެ ގޮތުގައި ގިނަބަޔަކު ބަލައިގެންފައިވާ ރާއްޖެ ޓީވީގެ މިވީ 12 އަހަރު ތެރޭގައި ތަފާތު އުނދަގުލާއެކު ކާމިޔާބީތަކެއް ހޯދާފައިވާއިރު، ދުނިޔޭގެ ކޮންމެ ތަނަކުންވެސް ރާއްޖެޓީވީ ބަލައިލެވޭގޮތަށް ރާއްޖެޓީވީގެ ސިގްނަލް ސެޓެލައިޓަށް އަޕްލިންކްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް