Advertisement
ކ. މާލެ
|
15 ޑިސެންބަރ 2022 | ބުރާސްފަތި 16:40
ނައިބުރައީސް ފައިސަލް ނަސީމް، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ
ނައިބުރައީސް ފައިސަލް ނަސީމް، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
އައްޑޫގެ ތަރައްގީ
ސަރުކާރުން ހިންގާ މަޝްރޫއުތައް އައްޑޫގެ ރައްޔިތުން ބަލައިގަނޭ - ކައުންސިލް
ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތަކާ އަޅައިކިޔާއިރު، އައްޑޫ ސިޓީގައި ވަރަށް ބޮޑެތި މަޝްރޫއުތައް ހިންގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވި
ކައުސިލްގެ ބަޖެޓުގެ ދަތިކަމާއި، އައްޑޫ ސިޓީގެ ސިއްހީ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އައްޑޫ ސިޓީ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ސިޓީގެ ތަރައްގީއާއި، ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު، އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ، މި ހިނގާ ދައުރަކީ އައްޑޫ ސިޓީގައި ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގެމުންދާ ދައުރުކަން ފާހަގަކުރައްވާފައެވެ. އަދި، މުޅި ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތަކާ އަޅައިކިޔާއިރު، އައްޑޫ ސިޓީގައި ވަރަށް ބޮޑެތި މަޝްރޫއުތައް ހިންގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އެގޮތުން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު ނިމޭއިރު ހުރިހާ މަގެއް އޮންނާނީ ޒަމާނީ ފެންވަރަށް ހަދައި ނިމިފައިކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، ކައުސިލްގެ ބަޖެޓުގެ ދަތިކަމާއި، އައްޑޫ ސިޓީގެ ސިއްހީ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމުގައެވެ. މިގޮތުން، ތައުލީމާއި ސިއްހީ ދާއިރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އޭއީއެޗްގެ ދަށުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކުރެވި، އިތުރުކުރެވެމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި، އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިތަދޫ ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ ކިޔަވައިދިނުން ކުރިއަށްދާގޮތް ބައްލަވާލައްވައި، ސްކޫލުގެ ސީނިއަރ މެނޭޖްމެންޓާ ބައްދަލުކުރައްވާފައެވެ.

ފައުންޑޭޝަން މަރުހަލާއިން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ހިތަދޫ ސްކޫލުގައި ހާހަކަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް