ކ. މާލެ
|
15 ޑިސެންބަރ 2022 | ބުރާސްފަތި 07:06
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް
އެމްއެންޕީ
އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް
ޕްރައިމަރީގައި ވާދަވެރިކަމެއް ނެތި ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް
އެމްއެންޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ނާޒިމަށް ވަނީ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާފައި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމަށް ހުޅުވާލުމުން އެކަމަށް އެޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަނި ކުރިމަތިލެއްވުމުން ޕްރައިމަރީއަކާއި ނުލާ އޭނާއަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިއެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ނިންމާފައިވާ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލީ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ. ވާދަކުރުމުގެ ފުރުސަތު ޑިސެމްބަރު 14 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށް ހުޅުވާލިއެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން އެކަމަށް އެދި ހުށަހެޅުއްވީ ނާޒިމް އެކަންޏެވެ. އެހެންކަމުން އެމްއެންޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ނާޒިމަށް ވަނީ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާފައެވެ.

ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ޕްރައިމަރީއަށް އެކަކު ކުރިމަތިލައިފިނަމަ އިންތިޚާބެއް ބާއްވާކަށް ނުޖެހެއެވެ.

Advertisement

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް ލިބިވަޑައިގަންނަވާފައިވާކަން އެޕާޓީން ހާމަކޮށްފައިވާއިރު ރަސްމީކޮށް ޓިކެޓް ހަވާލުކުރުން އޮންނާނެ ތާރީޚެއް އަދި އެޕާޓީން ހާމައެއް ނުކުރެއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް /ޕީއެންސީންނެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް