Advertisement
ކ. މާލެ
|
14 ޑިސެންބަރ 2022 | ބުދަ 15:43
ނިޝާމާ މުހައްމަދު
ނިޝާމާ މުހައްމަދު
ސޯޝަލް މީޑިއާ
ނޮޅިވަރަމްގައި އަންހެނަކު މަރާލުން
ނިޝާމާގެ 3 ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި، ހާލަތު ދަނީ މޮނިޓަރކުރަމުން: ޖެންޑަރ
ނިޝާމާގެ ކުދިންގެ ހާލަތު ގަވާއިދުން ބަލާ މޮނިޓަރކުރަމުންދާ ކަމަށް ޖެންޑަރ އިން ބުނޭ
ނިޝާމާގެ ކުދިންނާއި އާއިލާ އަށް ބޭނުންވެދާނެ އިތުރު އެހީތެރިކަމަކީ ކޮބާކަން ޖެންޑަރ އިން ދަނީ ބަލަމުން

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ 3 ކުދިން ތިބީ ރައްކާތެރި މާހައުލެއްގައިކަން ޔަގީންކޮށްފައިވާ ކަމަށާއި އެކުދިންގެ ހާލު ވަރަށް ކައިރިން ބަލަމުންދާ ކަަމަށް ޖެންޑަރ މިނިސްޓްރީ އިން ބުނެފިއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތުދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ނިޝާމާގެ ކުދިންގެ ހާލަތު ގަވާއިދުން ބަލާ މޮނިޓަރކުރަމުންދާ ކަމަށެވެ. އެ ކުދިން ބެލެހެއްޓުމުގެ އިންތިޒާމް އާއިލާގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުދިންނާއި އާއިލާ އަށް ސައިކޯސޯޝަލް ސަޕޯޓު ވެސް ފޯރުކޮށްދީފައިވާ ކަަަމަށް ޖެންޑަރ މިނިސްޓްރީ އިން މައުލޫމާތު ދީފައި ވެއެވެ. މީގެ އިތުރުން ނިޝާމާގެ ކުދިންނާއި އާއިލާ އަށް ބޭނުންވެދާނެ އިތުރު އެހީތެރިކަމަކީ ކޮބާކަން ދެނެގަނެ އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖެންޑަރ މިނިސްޓްރީ އިން މަަސައްކަތްކުރާނެކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ. ނިޝާމާގެ މަރާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ރަށުތެރޭގައި ވާހަކަދެކެވޭ އިރު ނިޝާމާ އާއި އޭނާގެ ފިރިމީހާގެ ދެމެދުގައި ޒުވާބުކުރާ ކަމަށާއި ބައެއް ފަހަރު ވަރަށް އިހުތިރާމް ކުޑަކޮށް މުއާމަލާތުކުރާ ކަމަށް އެ ރަށުން "ރާއްޖެ އެމްވީ" އާއި ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ވަނީ ނިޝާމާގެ ގައިން މީގެ ކުރިން ވެސް ޒަހަމްތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ޒަހަމްތަކަކީ ކިހިނެތް ލިބުނު ޒަހަމްތަކެއްތޯ ސުވާލުކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މި މައްސަލައިގައި އާއިލާ އިން އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް އަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ.

Advertisement

ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހެން މަސައްކަތް ކޮށްފައި ވެއެވެ. މިއާކު ހާލު ސީރިއަސްވެ މިހާރު އޮތީ ވެންޓިލޭޓަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް