Advertisement
ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 11:51
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ފާއިތުވި ހަފުތާގައި ކޮވިޑް ޖެހުނީ 19 މީހުންނަށް
މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 9 މީހުން
311 މީހަކު ވަނީ މިބަލީގައި ނިޔާވެފައި

ފާއިތުވި ހަފުތާ ކޮވިޑް-19 ޖެހުނީ 19 މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޑިސެމްބަރު 4ން 10ށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 9 މީހުންނެވެ. އަތޮޅުތަކުން 3 މީހުން ޕޮޒިޓިވްވެފައިވާއިރު އެހެނިހެން ހިސާބުތަކުން 7 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިމުއްދަތުގައި 6 މީހަކަށް ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދީފައެވެ.

Advertisement

އޭގެކުރީ ހަފްތާ ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 14 މީހުންނަށެވެ.

މިއާއެކު ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 185،651ށް އަރާފައެވެ. އަދި 311 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް