Advertisement
ކ. މާލެ
|
11 ޑިސެންބަރ 2022 | އާދީއްތަ 13:22
ހދ. ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުން
ހދ. ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުން
އިސްލާމިކް މިނިސްޓްރީ
ހިރިމަރަދޫ މިސްކިތް
ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި
މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ
މި މަޝްރޫޢުއަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއް

ހދ. ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ހދ. ހިރިމަރަދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ކަމަށެވެ. އަދި ހިރިމަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް މުޙައްމަދު ވަޙީދެވެ.

Advertisement

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ހިރިމަރަދޫ ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހދ. ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުން - އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ 365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށެވެ.

ޖުމްލަ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް ތިންސަތޭކަ ނުވަދިހަ އަށެއް ޕޮއިންޓް ނުވައެއް ފަހެއް) ރުފިޔާގެ މި މަޝްރޫޢުއަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ހދ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީން ސޮއިކުރީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.

މިނިސްޓްރީން ބުނީ އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތް ކުރަން ނިންމީ މިވަގުތު ހިރިމަރަދޫގައި ހުރި މިސްކިތުގެ ޖާގަ ކުޑަވެފައިވާތީ، އާ މިސްކިތަކަށް ބޭނުންޖެހިފައި ވުމުގެ ސަބަބުންނެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި، ގުދަން އަދި މުންނާރެއް ހުންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް