ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 22:47
ތޫފާން މަންދޫސް އަރައި ޗެންނާއިއަށް ވެސް ގެއްލުންތަކެއް ލިބުނު
ތޫފާން މަންދޫސް އަރައި ޗެންނާއިއަށް ވެސް ގެއްލުންތަކެއް ލިބުނު
ރޮއިޓާސް
ތޫފާން މަންދޫސް
ތޫފާން މަންދޫސް އަރައި އިންޑިއާ ގެ ޓެމިލް ނާޑޫން އިން 4 މީހުން މަރުވެއްޖެ
400 އެއްހާ ގަސް ވެއްޓިފައިވޭ
9000 މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައި

ދެކުނު އިންޑިއާގެ ސްޓޭޓްތަކަށް ތޫފާން މަންދޫސް އެރުމުގެ ސަބަބުން މިހާތަނަށް 4 މީހުން މަރުވެ އިތުރ ގެއްލުންތައް ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ ތޫފާން މަންދޫސްގެ ސަބަބުން މީހުން މަރުވެފައިވަނީ، ޓެމިލް ނާޑޫން ކަމަށެވެ. ތޫފާންގެ ސަބަބުން ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ގެއްލުންތަކެއްވެ އިމާރާތްތައް ހަލާކުވެ ކަރަންޓް ކެނޑިފައިވާ ކަމަށް ބުނެފައި ވެއެވެ.

ތޫފާން މަންދޫސް އިންޑިއާއަށް އަރާފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑުއެވެ. މިހާތަނަށް 185 ގެއަށާއި ޖިފުޓި ތަކަށް ގެއްލުންވެފައިވާ ކަމަށް ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރ އެމްކޭ ސްޓެލިން ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ. ތޫފާނުގެ ސަބަބުން ވެރިރަށް ޗެންނާއީ އިން 400 އެއްހާ ގަސް މުލުން ލުހިގެން ގޮސްފައިވާ ކަމަށް ވެސް ޗީފް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޗީފް މިނިސްޓަރ ވިދާޅުވީ މިހާތަނަށް 9000 މީހުން ރައްކާތެރި ހިސާބުތަކާއި 201 ރިލީފް ކޭމްޕް އަކަށް ބަދަލުކޮށްފައިވާ ކަމަށާ، މޫސުމީ ގެއްލުންތަކުގައި އެހީތެރިވުމަށް ހަރަކާތްތެރިވާ މީހުންނާއި އާންމުންގެ 25000 މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ޗީފް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ލަންކާ ހުރަސްކޮށް މަންދޫސް ދަތުރުކޮށް އިންޑިއާއަށް އެރިއިރު ތޫފާނުގެ ބާރު ވަނީ ދަށްވާފަން ފަށާފައެވެ. ތޫފަނާއި ގުޅިގެން ހުކުރު ދުވަހު ލަންކާގެ ވައި ނުސާފުވުމުގެ ސަބަބުން އެތައް ސްކޫލެއް ވެސް ބަންދުކުރިއެވެ.

އިންޑިއާގެ މީޓިރިއޮލޮޖިކަލް ޑީޕާޓްމަންޓުން ބުނެފައިވަނީ މަޑުމަޑުން ތޫފާނުގެ ބާރު ކުޑަވަމުން އަންނަ ކަމަށާއި، ލޯޕްރެޝަރ ސަރަހައްދަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް