ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 15:15
ހދ. ނޮޅިވަރަމް
ހދ. ނޮޅިވަރަމް
ފޭސްބުކް
ހދ ނޮޅިވަރަމް
ނޮޅިވަރަމްގައި އަންހެނަކު މަރާލާފައިވާކަމަށް ބުނާ މައްސަލައެއް ބަލަނީ
އެމީހާ ރަށު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި
އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު

ހދ ނޮޅިވަރަމްގައި އަންހެނަކު މަރާލާފައިވާކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހދ ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ، ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 12:30 އެހާއިރުއެވެ.

މި ޙާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ސީންއަށް އެޓެންޑުވެ، ހޭނެތިފައި އޮތް މީހާ ފުލުހުންގެ އެހީތެރިކަމާއެކު އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.

Advertisement

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެއީ 28 އަހަރުގެ ދިވެހި އަންހެނެކެވެ.

އެމީހާ ރަށު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް