ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފިއެވެ.
މިދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ހަވީރެއް ވަނީ ކ. ގުރައިދޫގައި ބާއްވާފައެވެ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200 އަށް ވުރެ ގިނަ ބައިވެރިންވަނީ މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެފައެވެ.
މޯލްޑިވްސް ޑެފް އެސޯސިއޭޝަން އިން ކުރިޔަށް ގެންދިޔަ މި އިވެންޓުގެ މަގްސަދަކީ ޑެފް ކޮމިއުނިޓީއާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.
![](https://dyncz33htw1ec.cloudfront.net/posts/24833e1f-7390-415c-b744-ea998b46b664.png)
މީގެއިތުރުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާދިއްތަ ދުވަހު ބޭންކުންވަނީ އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާކޮށްފައެވެ.