ކ. މާލެ
|
3 ޑިސެންބަރ 2022 | ހޮނިހިރު 17:51
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު ގދ. ތިނަދޫއަށް ކުރައްވާ ދަތުރުފުޅު
އުންމީދަކީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އެތައް ޒަމާނެއް ވަންދެން ވެރިކަމުގައި އޮތުން: ރައީސް ނަޝީދު
މި ދަތުރުފުޅަކީ ޔޫމެޓް ސްކޫބާ ޑައިވިން ސެންޓަރުގެ ދައުވަތަކަށް އެ ސެންޓަރުގެ ޑައިވް މާސްޓަރ ލެވެލް އަށް ކިޔަވާދިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް

ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އެތައް ޒަމާނެއް ވަންދެން ވެރިކަމުގައި އޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ މިހާރު އެމަނިކުފާނު ގދ. ތިނަދޫ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީއާ މެދު ނާއުންމީދު ވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވަނީ އެ ދަތުރުފުޅުގެ ތެރެއިން ތިނަދޫގެ ގޭގެއަށް ޒިޔާރަތްކުރައްވާ އާއްމުންނާ ވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ ޔޫމެޓް ސްކޫބާ ޑައިވިން ސެންޓަރުގެ ދައުވަތަކަށް އެ ސެންޓަރުގެ ޑައިވް މާސްޓަރ ލެވެލް އަށް ކިޔަވާދިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ކޯހަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުރިއަށްގެންދާ ކޮވިޑް-19 އިންކަމް ސަޕޯޓް އެޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމް ޕްރޮޖެކްޓުގެ ދަށުން އެ މިނިސްޓްރީ އާއި ޔޫމެޓް ސްކޫބާ ގުޅިގެން ހިންގި ކޯހެކެވެ. އެ ޕްރޮގްރާމްގެ ބައިވެރިންނަށް 5000 ރުފިޔާއާ ހަމައަށް އެލަވެންސެއް ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް