ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 18:49
މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ކަރާޓޭ ޓީމު
މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ކަރާޓޭ ޓީމު
ރާއްޖެއެމްވީ
ޖޭއެސްކޭއޭ ކަރާޓޭ އިންޓަރނޭޝަނަލް މުބާރާތް
ޖޭއެސްކޭއޭ ކަރާޓޭ އިންޓަރނޭޝަނަލް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމު ލަންކާއަށް
މިފަހަރުގެ މުބާރާތުގައި ތިން ގައުމަކުން ވާދަކުރޭ
އޭޝިއަން ކަރާޓޭ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމް ވަނީ އެމުބާރާތުން އެއްވަނަ ހާސިލްކޮށްފައި
މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީމުގައި ހިމެނެނީ 29 ބައިވެރިން

ޖޭއެސްކޭއޭ ކަރާޓޭ އިންޓަރނޭޝަނަލް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމު ސްރީލަންކާއަށް ހިނގައްޖެއެވެ.

ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ޓީމު ލަންކާއަށް ދިޔައީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީމުގައި ހިމެނެނީ 29 ބައިވެރިންނެވެ. އޭގެތެރޭގައި ހިމެނެނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ 20 ދަރިވަރުންނާއި، ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލުގެ 6 ދަރިވަރުންގެ އިތުރުން މަޖީދިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް އަދި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ތެރެއިން ކޮންމެ ސްކޫލެއްގެ އެއް ދަރިވަރެވެ.

މިއީ މި މުބާރާތް ބާއްވާ ނުވަވަނަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި ތިން ގައުމަކުން ވާދަކުރެއެވެ. ރާއްޖޭގެ އިތުރުން މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ސްރީލަންކާ އަދި އިންޑިއާއެވެ. ލަންކާގެ ބަންޑާރަގާމާ އިންޑޯރ ސްޓޭޑިއަމްގައި މި މުބާރާތް އޮންނާނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. އޭގެ ކުރިން، މި މަހުގެ ދެވަނަ ދުވަހު ސައުތު އޭޝިއަން ކަރާޓޭ ފެޑެރޭޝަންގެ ރައީސް ސިސީރާ ކުމާރާ ބައިވެރިވާ ޚާއްސަ ސެމިނާރަކަށްވެސް ރާއްޖެ ޓީމުން ދާނެއެވެ.

ރާއްޖޭގެ ޓީމުން ވަނީ މިދިޔަ އޯގަސްޓު މަހު އިންޑިއާގައި އޮތް ކަރާޓޭ މުބާރާތެއްގައިވެސް ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. އޭޝިއަން ކަރާޓޭ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމް ވަނީ އެ މުބާރާތުގެ އެއްވަނަ ހާސިލްކޮށްފައެވެ. މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދިއިރު، 17 ރަން މެޑަލް، 7 ރިހި މެޑަލް އަދި 18 ލޯ މެޑަލް ހޯދާފައިވެއެވެ.

- ކޮމެންޓް