Advertisement
ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 17:04
މަހާޒް އަލީ ޒާހިރު
މަހާޒް އަލީ ޒާހިރު
ރައީސް އޮފީސް
ފަނޑިޔާރު މަހާޒުގެ މައްސަލަ
ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި
ރައީސް ޔާމީން ދެއްވި ފަރިއްކޮޅަކަށް ފަނޑިޔާރު މަހާޒު ވަޑައިގެންނެވިކަމަށް ވަނީ އަޑުފެތުރިފައި
މި މައްސަލަ ބަލަންފަށާފައިވަނީ ބުދަ ދުވަހު

ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަންފަށައިފިއެވެ.

އެކަން ހާމަކޮށް ޖޭއެސްސީން ބުރާސްފަތި ދުވަހު ބުނީ, ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމްކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރިއްކޮޅަކާ، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު ހަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވެފައިވާ ކަމަށެވެ. އެކަމާާގުޅިގެން ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން ފެންނަކަމަށް މި ކޮމިޝަނުން ނިންމާފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

Advertisement

ޖޭއެސްސީން ބުނީ، ފަނޑިޔާރު މަހާޒުގެ މައްސަލައެއް ބަލަން ނިންމައި އެ މައްސަލައިގެ ތަހުގީގު ކޮމިޓީ އެކުލަވާލައިފައިވަނީ ބުދަ ދުވަހު ކަމަށެވެ. މަހާޒުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ ކޮން ޚަސްމެއްގެ މައްސަލައަކާ ގުޅިގެން އަމަލުކުރެއްވި ގޮތުގެ ސަބަބުންކަން ޖޭއެސްސީން ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ރައީސް ޔާމީން ދެއްވި ފަރިއްކޮޅަކަށް ފަނޑިޔާރު މަހާޒު ވަޑައިގެންނެވިކަމަށް ވަނީ އަޑުފެތުރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް