Advertisement
ކ. މާލެ
|
30 ނޮވެންބަރ 2022 | ބުދަ 14:52
ސަމަރުބްލޫ އިބްރާހިމް މަނިކު
ސަމަރުބްލޫ އިބްރާހިމް މަނިކު
ރައީސް އޮފީސް
ސަމަރުބްލޫ އިބްރާހިމް މަނިކު
ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން ތައުބީނުގެ ޖަލްސާއެއް ބޭއްވުމަށާއި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ސަރުކާރުން ހަމަޖައްސައިފި
ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރައްވާނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން
ތަޢުޒިޔާގެ ދަފްތަރު ހުޅުއްވާނީ ދިވެހިރާއްޖޭގެ އަޑުގައި
އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށް ފަހު، ބުދަ ދުވަހު ހެނދުނު އިންޑިއާގެ ބެންގަލޫރުގައި

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ތައުބީނުގެ ޖަލްސާއެއް ބޭއްވެވުމަށާއި، ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރައްވާނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. ތަޢުޒިޔާގެ ދަފްތަރު ހުޅުއްވާނީ ދިވެހިރާއްޖޭގެ އަޑުގައެވެ. އެއީ ދިވެހިރާއްޖޭގެ އަޑަކީ އަލްމަރްޙޫމް އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީއެވެ.

އިބްރާހީމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި ޚާއްޞަކޮށް ދިވެހިރާއްޖޭގެ އަޑުގައި ޢަމަލީގޮތުން ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި ޢާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، އެ ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

Advertisement

އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށް ފަހު، ބުދަ ދުވަހުގެ ހެނދުނު އިންޑިއާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

އިބްރާހީމް މަނިކު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައެވެ. އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ. އެގޮތުން، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޕްރޮގްރާމް ރޭވުމާއި، ޕްރޮގްރާމް ޕްރޮޑިއުސް ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޕްރޮޑިއުސަރު ކަމާއި، އެސިސްޓެންޓު ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްރޯޑްކާސްޓިން ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް