Advertisement
ކ. މާލެ
|
30 ނޮވެންބަރ 2022 | ބުދަ 08:47
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ޝުރުފާ މުހައްމަދު
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ބަރުލަމާނީ ހިޔާލު ދޫކުރައްވާ ރައީސް ނަޝީދު ޕްރައިމަރީއަށް، ކެމްޕެއިން ހުކުރު ދުވަހު ތިނަދޫގައި ފަށަނީ
ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ވަޓްސްއެޕް ގްރޫއްޕެއް ވަނީ ހައްދަވާފައި
އެމްޑީޕީން ކަނޑާލިކަމަށް ބުނާ 36،000 މެންބަރުން އަލުން ޕާޓީއަށް ވެއްދުމުގެ މަސައްކަތް ފަށާނެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާ، އަންނަ ހުކުރު ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ކެޕްމޭން ރަސްމީކޮށް ފައްޓަވަން ނިންމަވައިފިއެވެ.

ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީގައި ވާހަދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ، އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއެކު އަންގާރަ ދުވަހު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. އަދި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ގދ. ތިނަދޫގައި ހުކުރު ދުވަހު ރަސްމީކޮށް ކެމްޕޭން ފެއްޓެވުމަށް ވަނީ ނިންމަވާފައެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނުގެ އަރިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ވަޓްސްއެޕް ގްރޫއްޕެއް ވެސް ވަނީ ހައްދަވާފައެވެ. އެ ގްރޫޕުގައި ދެކެވުނު ބައެއް ވާހަކަތަކުގެ ސްކްރީން ޝޮޓެއް ވަނީ ސޯޝަލް މީޑިޔާގައި ލީކުވެފައެވެ.

"އަންނި ޕްރައިމަރީ" ގެ ނަމުގައި ހަދާފައިވާ މި ގްރޫޕުގައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޝާހިދު (ސާބެ) ބުނެފައިވަނީ، އެއީ ނަޝީދަށް ޕްރައިމަރީގައި ވޯޓު ޔަގީން ކުރުމަށް ހެދި ގުރޫޕެއް ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިންތިޚާބުވެވަޑައިގެންނެވި ފަހުން އެމްޑީޕީން ކަނޑާލި ކަމަށް ބުނާ 36،000 މީހުން އެމްޑީޕީގެ ދަފްތަރުގައި އަލުން ހިމެނުމަށް މަސައްކަތް ކުރުމަކީ އެންމެ އިސްކަންދޭ ކަންތަކުގައި ހިމެނޭ މަަސައްކަތެއްގެ ގޮތުގައި އޭނާ ވަނީ މި ވަޓްސްއެޕް ގުރޫޕުގައި ބުނެފައެވެ.

Advertisement

ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަމަށް މީގެ ކުރިން އެމަނިކުފާނުގެ އެންމެ އަރިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން އޭރު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ނިންމާފައިވާ އިރު، މިހާތަނަށް ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ ރައީސް ޞާލިހު އެކަންޏެވެ. ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމް ގެނެސްގެން ބޮޑުވަޒީރަކަށް ވުމަށް ބޭނުންފުޅުވާ މޭރުމަކުން މީގެ ކުރިން ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރިޔާސީ އަދި ބަރުލަމާނީ މައްސަލައިގައި ރައީސް ޞާލިހާއި ރައީސް ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައިވާއިރު، ރައީސް ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ރައީސް ނަޝީދު ތާއިދު ނުކުރައްވައެވެ. ރައީސް ޞާލިހަށް ތާއިދު ނުކުރައްވާކަން މީގެ ކުރިން 2 ފަހަރެއްގެ މަތިން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް
30 ނޮވެންބަރ 2022 | ބުދަ 22:48
ޙަބީބު.
ހަމަގައިމުވެސް ނަޝީދު ވަރުގެ ރަނގަޅުވެރިޔެއް ރައްޔިތުންނަކައް ނުލިބޭނެ އެއީ މިވީތަނައް ކަމެއްކޮއްދީފަ އޮތީ އެމަނިކުފާނު