ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 18:41
އީޔޫ- މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލްގެ ތެރެއިން
އީޔޫ- މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލްގެ ތެރެއިން
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިސާދު
ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް : ޝައުނާ
ޖީ.ޑީ.ޕީ.ގެ ބޮޑު އިންސައްތަ އެއް ބަރޯސާވެފައި ވަނީ ކަނޑުގެ ދިރުންތަކަށް
ފަތުރުވެރިކަން ވަރަށް ބޮޑަށް ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް

ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އީޔޫ-މޯލްޑިވްސް ރައުންޑް ޓޭބަލްސްގައި ވާހަކަދައްކަވަމުން ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް އެ ސިނާއަތަކަށް ބަރޯސާވާ ފަތުރުވެރިކަން ވަރަށް ބޮޑަށް ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ތިންބައިކުޅަ ދެބައި، އަދި ޖީ.ޑީ.ޕީ.ގެ ބޮޑު އިންސައްތަ އެއް ބަރޯސާވެފައި ވަނީ ކަނޑުގެ ދިރުންތަކަށް ކަމަށް ވާއިރު ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ކަނޑުތަކަކީ ރާއްޖޭގެ ރައުސްމާލު ކަމަށާއި، ދުނިޔޭގެ ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަރާތްތައް ޝައުޤުވެރިކުރުވުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުމަށް ކަނޑުތައް ރައްކާތެރިކުރަންޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މުރަކަތަކާއި ފަރުތަކާއި ގުދުރަތީ ރައުސުލްމާލުތައް ހިމާޔަތްކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ބައޮސްފިއަރގެ ތަފާތުކަމަކީ ރާއްޖެ ޚާއްސަކޮށްދޭ އެއް ސަބަބުކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމުން ރާއްޖެ އަށް މަންފާ ލިބޭނެ އިތުރު ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ރާއްޖެ އަށް އެކަންކަމުން މަންފާ ލިބޭނެ އާ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް