Advertisement
ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 14:17
ކުރީގެ ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ
ކުރީގެ ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ
ރާއްޖެއެމްވީ
ބަޖެޓު ޑެފިސިޓް ފޫބެއްދުން
ބަޖެޓު ޑެފިސިޓް ފޫބައްދަން ބޭރުގެ އެހީއެއް ހޯދަން މިހާ ދަތިވެގެން އުޅުނު ސަރުކާރެއް ނުފެނޭ: ޝައުނާ
ޝައުނާ ވަނީ މި ސަރުކާރުގެ ކަންކަން ހިނގަމުންދާ ގޮތާމެދު ނުހަނު ކަންބޮޑުވުންތައް އޮތްކަން ފާހަގަ ކުރައްވާފައި
ޚާރިޖީ ސިޔާސަތަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާއާއެކު އުފަންވެގެން އަންނަ އެއްޗެއް ނޫން
އެއީ ޒަމާންތަކެއް ވަންދެން އެތައް ބަޔަކު ކުރާ ބުރަ މަސައްކަތްތަކެއްގެ ނަތީޖާ

ބަޖެޓު ޑެފިސިޓް ފޫބައްދަން ބޭރުގެ އެހީ ހޯދަން މިހާ ދަތިވެގެން އުޅޭ ސަރުކާރެއް ނުފެންނަކަމަށް ކުރީގެ ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Advertisement

 ޝައުނާ ވިދާޅުވީ، ޚާރިޖީ ސިޔާސަތަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާއާއެކު އުފަންވެގެން އަންނަ އެއްޗެއް ނޫން ކަމަށާއި، އެއީ ޒަމާންތަކެއް ވަންދެން އެތައް ބަޔަކު ކުރާ ބުރަ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށެވެ. އެގޮތުން އަވައްޓެރި އިންޑިއާއާއި، ޗައިނާއާއެކު އުފެދިފައިވާ ގުޅުމަކީވެސް އެ ބީދައިން އުފެދިފައިވާ ގުޅުންތަކެއްކަން ޝައުނާ ފާހަގަ ކުރެއްވިއެވެ.

ފޮރިން ޕޮލިސީއަކީ ޒަމާންތަކެއް ވަންދެން އެކިއެކި ޤައުމުތަކުން އެކިއެކި ރައީސުން އެކިއެކި ސަރުކާރުތަކުން ކުރައްވާ މަސައްކަތްތަކުން އަޅުގަނޑުމެންގެ ދެ ޤައުމެއްގެ ދޭތެރޭގައި އުފެދޭ ގުޅުމެއް، ހަގީގަތުގައި އިންޑިއާއާ އޮތް ގުޅުމަކީވެސް، ޗައިނާއާއެކު އޮތް ގުޅުމަކީވެސް އަޅުގަނޑުމެން އެތައް ޒަމާންތަކެއް ވަންދެން އަޅުގަނޑުމެންގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި، ސިޔާސީ ވެރިންނާއި، ޑިވޮލޮޕްމަންޓް އެސިސްޓެންސް ދޭ ފަރާތްތަކާއެކު މަސައްކަތް ކޮށްގެން އުފައްދާފައިވާ ގުޅުމެއް.
ކުރީގެ ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ

ޝައުނާ ވިދާޅުވީ، މިހާތަނަށް ރައީސް އަމަލު ކުރެއްވި ގޮތުން އެނގިގެންދަނީ ފޮރިން ޕޮލިސީ ހިނގާ ގޮތް ރައީސަށް ރަނގަޅަށް އެނގިވަޑައިނުގަންނަވާކަން ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ. އަދި އެއީ ދެރަ ކަމެއްކަމަށްވެސް ޝައުނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރަށް 9 މަސް ވެގެންދާއިރު ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް އެހީއެއް ލިބިފައިނުވާކަން ޝައުނާ ފާހަގަ ކުރެއްވިއެވެ.

އަދި މިއީ ރާއްޖެއަށް އެހީ ހޯދުމަށް އެންމެ ބޮޑަށް ދަތިވެގެން އުޅޭ މަންޒަރު ފެންނަމުންދާ ވެރިކަން ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ، މިކަންކަމުން ސަރުކާރުގެ ނާޤާބިލުކަންވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެވެސް މާ އެދެވޭ ނަތިޖާއެއް ފެނިފައިނުވާކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވަނީ މި ސަރުކާރުގެ ކަންކަން ހިނގަމުންދާ ގޮތާމެދު ނުހަނު ކަންބޮޑުވުންތައް އޮތްކަން ފާހަގަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
17 އޯގަސްޓް 2024 | ހޮނިހިރު 14:51
ނުރަބޯ
ވަރަށް ބޮޑު ތެދެއް. އެހެން އެވަނީ ނާގާބިލް ވަޒީރުން ތިބީމާ. އެހީ ހޯދުމަށް ލިބޭ އެއްމެ ރަގަޅު ފުރުސަތަކީ ބައިނަލް އަގުވާމީ އެކިއެކި ޖަލްސާތަކު ހަވާސާގައި ގައުމުތަކު ލީޑަރުންނާ ވާހަކަ ދައްކައިގެން ލިބޭ ފުރުސަތެވެ، އެފަދަ ކަންކަމަށް ފަސްޖެހި “އަމާބުނީތީ ފަރަށްދާ” އުސޫލުން ޖަލްސާތަކުގައި ބައިވެރިވެފަ އެނބުރި އަޔަކަސް އެހީއެއް ނުލިބޭނެ.