ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 11:38
ކްރޮއޭޝިޔާ ޓީމު ފަރިތަކުރުންތަކުގެ ތެރެއިން
ކްރޮއޭޝިޔާ ޓީމު ފަރިތަކުރުންތަކުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ކްރޮއޭޝިއާ ޓީމުގައި އޮތީ ފިޓްނަސްގެ މައްސަލަ
ގިނަ ކުޅުންތެރިންގެ ފިޓްނަސްއާ މެދު އޭނާ ކަންބޮޑުވާއިރު، ސީނިއާ ކުޅުންތެރިން ނުނަގައި ދޫކޮށްލެވޭކަށް ވެސް

މި ފަހަރުގެ ވޯލްޑް ކަޕަށް ކްރޮއޭޝިޔާ ކުރިމަތިލަނީ އަނެއްކާ ވެސް މޮޅު ކުޅުމެއް ދައްކައި ވޯލްޑްކަޕުގައި ކާމިޔާބު ހޯދުމުގެ އަޒުމުގައެވެ.

އެމީހުން ވަނީ 1998 ވަނަ އަހަރުގެ މުބާރާތުން ތިން ވަނަ ހޯދައި، 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ފައިނަލްގައި ވާދަކޮށްފައެވެ. މިހެންވެ ކޮންމެ އަހަރަކު ވެސް ކްރޮއޭޝިޔާގެ ނަތީޖާތައް ރަނގަޅުވެފައިވާތީވެ، މި ފަހަރު ތައްޓާ ހަމައަށް ދަތުރުކުރަން ކުޅުންތެރިން ތިބީ ތައްޔާރުވެގެންނެވެ. އެކަމަކު ކްރޮއޭޝިޔާ ޓީމުގައި ތިބި ސީނިއާ ގިނަ ކުޅުންތެރިންނަކީ އުމުރުގެ ގޮތުން ދޮށީ ކުޅުންތެރިންނެވެ. ވޯލްޑް ކަޕާ ކުރިމަތިލާއިރު ކޯޗަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހާސްކަމަކީ އޭނާގެ ކުޅުންތެރިންގެ ޖިސްމާނީ ދުޅެހެޔޮކަމުގެ މައްސަލައެވެ. ގިނަ ކުޅުންތެރިންގެ ފިޓްނަސްއާ މެދު އޭނާ ކަންބޮޑުވާއިރު، ސީނިއާ ކުޅުންތެރިން ނުނަގައި ދޫކޮށްލެވޭކަށް ވެސް ނެތެވެ. އެ އަށްވުރެ ބޮޑަށް އެމީހުންނަށް ޓީމު ވަނީ ބަރޯސާވެފައެވެ.

މިހެންވެ ކްރޮއޭޝިޔާގެ ވިސްނުމަކީ ވަރަށް ފަރުވާތެރިކަމާއެކު އެންމެ ފުރަތަމަ ގްރޫޕް ސްޓޭޖް ފަހަނައަޅައިދިއުމެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެންމެ ކުޑަމިނުން ކްރޮއޭޝިޔާ ހާސިލްކުރަން ޖެހޭ ލަނޑުދަނޑިއެކެވެ. މި އަމާޒަށް ވާސިލްނުވެވިއްޖެ ނަމަ، ޓީމަށް ބޮޑެތި ބަދަލުތަކެއް ފުޓްބޯޅަ ފެޑަރޭޝަނުން ގެންނާނެއެވެ. ގްރޫޕް ސްޓޭޖަށްވުރެ ދުރަށް ކްރޮއޭޝިޔާ ދިއުން އޮތީ ނޮކްއައުޓް މެޗުތަކުގައި އެމީހުން ކުޅެންޖެހޭ ޓީމެއްގެ ގޮތުން ކަމަށް ހުދު ކްރޮއޭޝިޔާގެ ކޯޗާއި ކުޅުންތެރިން ވެސް ގަބޫލުކުރެއެވެ. ކޯޗު ޑަލިކް މި ފަހަރުގެ ވޯލްޑްކަޕް ކެމްޕޭން ފެށީ ތިން ޑިފެންޑަރުންނާއެކު ކުޅޭގޮތަށެވެ. ނަމަވެސް ފަހުން ކޯޗު ޑަލިކް ވަނީ ވިސްނުން ބަދަލުކޮށް އަނެއްކާވެސް 4-2-3-1 ފޯމޭޝަނަށް އެނބުރިގެންފައެވެ. މި ފޯމޭޝަންގައި މިޑްފީލްޑް އެތުރޭނީ ޑައިމަންޑް ޝޭޕަށް، ކުރީގައި ހުންނާނީ އެންމެ ކުޅުންތެރިއެކެވެ. އެކަމަކު އިދިކޮޅު ޓީމުގެ ގޮތުން ކުރީގައި ތިބޭ ކުޅުންތެރިންގެ އަދަދަށް ކޯޗު ބަދަލުގެނެއެވެ.

ގިނަ ފަހަރު އޭނާ ޓީމު އަތުރަނީ 4-4-2 ފޯމޭޝަނަށެވެ.

- ކޮމެންޓް