Advertisement
ކ. މާލެ
|
23 ނޮވެންބަރ 2022 | ބުދަ 10:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މަސައްކަތްތައް
ބަޖެޓް ވޯޓަށް ފަހު މަޖިލިސް ރިސެސްއަށް
ބުދަ ދުވަހާއި ހޯމަ ދުވަހު ބަޖެޓަށް ވޯޓަށް އެހުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި

2023 ވަނަ އަހަރުގެ ބަޖެޓަށް ފަހު މަޖިލީސް ރިސެސް އަށް ދާނެ ކަމަށާއި، ބަޖެޓް ވޯޓުގެ މަސައްކަތަކީ މަޖިލީހުގެ މި އަހަރުގެ ފަހު މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2022 ވަނަ އަަހަރުގެ ސަޕްލިމެންޓްރީ ބަޖެޓާއި، 2023 ވަނަ އަަހަރުގެ ބަޖެޓް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރަން ބޭނުންވާ ބޭފުޅުންނަށް ނަން ނޯޓްކުރުމަށް ލިބުނު ފުރުސަތުގައި 37 މެންބަރަކު ވަނީ ފުރުސަތަށް އެދިވަޑައިގަންނަވާފައެވެ. މަޖިލީސް ގަވާއިދު ބުނާގޮތުން ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތުކޮޅެއް ބަހުސްކުރުމަށް ޓަކައި ލިބިވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އުންމީދުކުރައްވަނީ ބުދަ ދުވަހާއި، އަންނަ ހޯމަ ދުވަހު ބަޖެޓް ރިޕޯޓަށް ވޯޓަށް އެހުމުގެ މަސައްކަތް ކުރިއަށް ގެންދަވަން ކަމަށެވެ. ހޯމަ ދުވަހު ބަޖެޓަށް ވޯޓަށް އެހުމުން އެ ދުވަސް ވެގެންދާނީ މި ދައުރުގެ ފަހު ދުވަހަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް, ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ދިރާސާތަކަށްފަހު ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމީ ޕީއެސްއައިޕީއަށް ހުށަހެޅި އިސްލާހުތަކާ އެކު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރުމަށެވެ. ކޮމިޓީން އިތުރު ކުރި އަދަދާ އެކު އެ ކޮމިޓީން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޖުމްލައަކީ މިހާރު 42.8 ބިލިއަން ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް