Advertisement
ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 13:26
ރާއްޖެ ޓީވީގެ ވޯރލްޑް ކަޕް ކަވަރޭޖް އޮފިޝަލް ލަވައިގެ ބައެއް މަންޒަރުތައް
ރާއްޖެ ޓީވީގެ ވޯރލްޑް ކަޕް ކަވަރޭޖް އޮފިޝަލް ލަވައިގެ ބައެއް މަންޒަރުތައް
ރާއްޖެއެމްވީ
ރާއްޖެޓީވީ ވޯރލްޑް ކަޕް ލަވަ ލޯންޗްކުރުން
ރާއްޖެ ޓީވީގެ ވޯރލްޑް ކަޕް ކަވަރޭޖް އޮފިޝަލް ލަވަ ލޯންޗްކޮށްފި
"ވާނޭ ވާނޭ ރާއްޖެ ޓީވީ ބަލަން"ގެ ނަމުގައި ތައްޔާރުކޮށްފައިވާ އެ ލަވަ ލޯންޗްކޮށްފައި ވަނީ އާދިއްތަ ދުވަހު މެންދުުރު ރާއްޖެ ޓީވީ އިން ގެނެސްދިން "ވޯރލްޑް ކަޕް ވާރމް އަޕް" ޝޯ ގައި

ރާއްޖެ ޓީވީގެ ވޯރލްޑް ކަޕް ކަވަރޭޖް އޮފިޝަލް ލަވަ ލޯންޗްކޮށްފިއެވެ.

"ވާނޭ ވާނޭ ރާއްޖެ ޓީވީ ބަލަން"ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ލަވަ ލޯންޗްކޮށްފައި ވަނީ އާދިއްތަ ދުވަހު މެންދުުރު ރާއްޖެ ޓީވީ އިން ގެނެސްދިން "ވޯރލްޑް ކަޕް ވާރމް އަޕް" ޝޯ ގައެވެ.

Advertisement

އާމިރު ސަލީމްގެ ޅެމަކަށް ތައްޔާރުކޮށްފައިވާ މި ލަވައިގެ ލީޑް ވޯކަލިސްޓަކީ ހަސަން މުސްފާހު (މުސީ)އެވެ. އަދި ބެކިން ވޯކަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ 1438 ބޮޑުބެރު ގްރޫޕްގެ ފަންނާނުންނެވެ. މި ލަވައިގެ ސިނަމެޓޮގްރަފަރުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ މުހައްމަދު އަނިލް، އާދަމް ޒަރީރުގެ އިތުރުން އަހުމަދު ސިރާޖުއެވެ. އަދި ލަވައިގެ އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކޮށްފައިވަނީ މުހައްމަދު ސިނާހުއެވެ. މި ލަވައިގެ ވީޑީއޯ އިން ޒުވާން ފްރީސްޓައިލް ފަންނާނުންގެ ހުނަރު ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން ވެސް ފުޓްބޯޅަ އާއި އަދި އެ ނޫނަސް ޚާއްސަ ހަރަކާތްތަކާއި، ޚާއްސަ ދުވަސްތަކާއި ދިމާކޮށް ރާއްޖެ ޓީވީ އިން ވަނީ ދުވަހާއި ގުޅޭ ޚާއްސަ ލަވަތައް ނެރެފައެވެ. މިގޮތަށް ނެރޭ ލަވަތަކަށް އާއްމުންގެ ބޮޑު މަގްބޫލްކަމެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް