ކ. މާލެ
|
19 ނޮވެންބަރ 2022 | ހޮނިހިރު 13:29
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އޭވިއޭޝަން ސެކިއުރީޓީގެ ޚިދުމަތް
އޭވިއޭޝަން ސެކިއުރިޓީގެ ޚިދުމަތް، ސިވިލް ސަރވިސް އުސޫލުން ދިނުމަކީ ގޮންޖެހުމެއް - މާރިޔާ
ސިވިލް ސަރވިސް އުސޫލުން ދިނުމަކީ އެ ޚިދުމަތަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް
ޕްރޮމޯޝަން ނުލިބުން މުވައްޒަފުންގެ މޮރާލް އާއި މޯޓިވޭޝަން އަށް ބަަދަލު އައި

އޭވިއޭޝަން ސެކިއުރިޓީގެ ޚިދުމަތް، ސިވިލް ސަރވިސް އުސޫލުން ދިނުމަކީ އެ ޚިދުމަތަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަން އެ އިދާރާގެ އިސްވެރިން އެކަމަނާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ކަންބޮޑުވުން ހައްލުކުރުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށެވެ. ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އެއްގޮތަށް ސެކިއުރިޓީ ސަރވިސް ދިނުމަކީ އުނދަނގޫ ކަމެއް ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސްގެ ސަލާމާއި ޗުއްޓީ ހުންނަ ގޮތުން ދިމާވާ ދަތިތައް ހައްލުކުރުމަށް އިތުރު ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވަނީ 2013-2018 އަށް ޕްރޮމޯޝަން ނުލިބުމުން އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުން ތިބީ ޑީމޯޓިވޭޓްވެފައި ކަންފާހަގަ ކުރައްވާފައެވެ. އަދި އެއީ އެތަނުގެ މުވައްޒަފުން ވަރަށް ބޮޑަށް މާޔޫސްވި ކަމެއް ކަމަށްވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެހެން މައްސަލަތަކާއި ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މުވައްޒަފުންގެ ހިއްވަރު ދެރަވެ، މުވައްޒަފުންގެ ސީނިއަރިޓީ އާއި މެދު ސުވާލު އުފެދޭ ފަދަ ކަންކަން މެދުވެރިވި ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މުވައްޒަފުންގެ މޮރާލް އާއި މޯޓިވޭޝަން އަށް ވެސް ބުރޫ އެރިކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަމާޒަކީ އެފަދަ ކަންކަން ހައްލުކޮށް، މުވައްޒަފުންނަށް ހައްގު ކުރިއެރުން ހޯދާދެއްވުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މުވައްޒަފުންނަށް ލިބެންޖެހޭ ހައްގު އުޖޫރަ އާއި މަޤާމުގެ ކުރިއެރުމަށް ހުރި ހުރަސްތައް މި ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މި އަހަރު މީގެ ކުރިން ވެސް އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދީފައިވާކަމަށް މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

- ކޮމެންޓް