Advertisement
ކ. މާލެ
|
18 ނޮވެންބަރ 2022 | ހުކުރު 19:14
"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022"  ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022
"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022"ގެ ތެރެއިން 4 ސްކޯލަރޝިޕްގެ ފުރުސަތު
އެކްސްޕޯ ކުރިއަށް ދާނީ ނޮވެންބަރު މަހުގެ 18 އަދި 19 މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ
މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން 35 ސްޓޯލެއްގައި މަޢުލޫމާތު ފޯރުކޮށްދޭނެ

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ބާއްވާ "ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022"ގެ ތެރެއިން 4 ސްކޯލަރޝިޕްގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

މި ސްކޯލަަރޝިޕްތައް ދިނުމަށް ހަމަޖެހިފައި ވަނީ ލަކީޑްރޯ އުސޫލުންނެވެ. އެކްސްޕޯ ހުޅުވައިދެއްވާ ވާހަކަދައްކަވަމުން، ޑރ.އިބްރާހިމް ހަސަން ވިދާޅުވީ ޒުވާނުންނަކިީ ފަންނީ ހުނަރުވެރިބަޔަކަށް ހެދުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ޒުވާނުންނަކީ ގާބިލް މުޖުތަމައު އަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މި އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭރުން ކިޔެވުމަށް ފުުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސްޕެއިންގެ ބަސެލޯނާގައި ޕައިލެޓްކަން ކިޔަވަން ދޭ ސްކޯލަރޝިޕަކާއި، މެލޭޝިއާގައި ކަލިނަރީ އާޓްސްގެ ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް ފުރުސަތު ދިނުމާއި، މެލޭޝިއާގައި އިންޓީރިއާ ޑިޒައިނިންގެ ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ކިވަންދޭ ފުރުސަތުގެ އިތުރުން، ޖޯޑަންގައި އެއާކްރާޕްޓް މެއިންޓެނަންސްގެ ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް ދޭ ސްކޯލަރޝިޕެއްގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

މި އެކްސްޕޯގައި، ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާއި ދައުލަތުގެ ކުންފުނިތަކުގެ އިތުރުން މިނިސްޓްރީތަކުން ވެސް ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން 35 ސްޓޯލެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިރު އެކްސްޕޯ ކުރިއަށް ދާނީ ނޮވެންބަރު މަހުގެ 18 އަދި 19 މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް