ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 17:30
ސްޓޫޑެންޓް ލޯނު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ސްޓޫޑެންޓް ލޯނު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ބޭރަށް ކިޔަވަންދާ ދަރިވަރުން
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
ރަޖިސްޓްރީވުމުން ދަރިވަރުންނަށް ދިމާވާ ކަންކަމުގައި މުއާމަލާތުކޮށް އެހީތެރިވުމަށް ފަސޭހަވެގެންދާނެ

ތައުލީމް ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ދަރިވަރުން އެ ޤައުމެއްގައި ހުންނަ ރާއްޖޭގެ އެންބަސީގައި ރަޖިސްޓްރީވުމަސް އިލްތިމާސްކޮށްފިއެވެ.

ތުރުކީއިން ދިވެހި ދަރިވަރުންނަށް ލިބިފައިވާ ސްކޮލޮޝިޕްތަކުގައި ކިޔެވުމަށް މިހާތަނަށް ފުރުސަތު ލިބި، ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް، މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާއިން ބޭއްވި ހަފްލާގައި މިކަމަށް އިލްތިމާސްކުރެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދުއެވެ.

ހާލާ ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމުކަމެއްކަމަށާ، އޭރުން ދިމާވާ ކަންކަމުގައި އެންބަސީއިން ދަރިވަރުންނަށް އެހީތެރިކަންފޯރުކޮށްދީ މުއާމަލާތްކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީ އިން އެ ޤައުމުގައި، މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީކަން ހާލާ ވަނީ ދެއްވާފައެވެ. އެހެންކަމުން ތަޢުލީމު ހާޞިލުކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓަރ ވުމަށް އިލްތިމާސްކޮށް، ދަރިވަރުންނަށް ދިމާވާ ކަންކަމުގައި މުއާމަލާތުކޮށް އެހީތެރިވުމަށް ފަސޭހަވެގެންދާނީ އެއިރުންކަމަށް ހާލާ ވިދާޅުވިއެވެ.

ހާލާ ވިދާޅުވީ ސްކޮލަޝިޕްތަކުގައި ތުރުކީވިލާތުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާއިރު، އެ ޤައުމުގެ އާދަކާދައާއި ސަޤާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް މުޙިއްމުކަމެއް ކަމަށެވެ.

ތުރުކީވިލާތުން ހުޅުވައިލި މި ސްކޮލަރޝިޕްގައި، ބެޗްލާރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޑޮކްޓަރަލް ޑިގްރީގެ ފުރުޞަތުތަށް ހިމެނެއެވެ.މި ފުރުޞަތުތަކުގެ ތެރެއިން، މިހާތަނަށް 14 ދަރިވަރުން ވަނީ ސްކޮލަޝިޕް އަށް ހޮވި، އޭގެތެރެއިން 11 ދަރިވަރުން މިވަނީ ތުރުކީވިލާތަށް ފުރުމަށް ތައްޔާރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް