ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 23:28
މ. ނިރުފެހިގެ ސާފުކޮށް ތަޅާލުމުގެ މަސައްކަތް ކުރަނީ
މ. ނިރުފެހިގެ ސާފުކޮށް ތަޅާލުމުގެ މަސައްކަތް ކުރަނީ
ޕްލޭނިންގ މިނިސްޓްރީ
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ
ނިރުފެހިގެ ސާފު ކުރަނިކޮށް މީހެއްގެ ފައިތިލައެއް ފެނިއްޖެ
މި ހާދިސާގައި 10 މީހުން ވަނީ މަރުވެފައި

އަލިފާން ރޯވި މ. ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މީހެއްގެ ފައި ތިލައެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ނިރުފެހިގެއިން ފައިތިލަ ފެނިފައިވަނީ އެތަން ސާފުކުރަމުންދަނިކޮށެވެ. މި ހާދިސާގައި 10 މީހުން ވަނީ މަރުވެފައެވެ.

މި މީހުންގެ ހަށިގަނޑު ވަނީ ކޮންބައެއްކަން ދެނެގަނެވިފައެވެ. އެއީ އިންޑިއާގެ 3 އަންހެނުންނާއި 5 ފިރިހެނުންނާއި، ބަންގްލަދޭޝްގެ އަންހެނަކާއި 1 ފިރިހެނެކެވެ.

ފުލުހުން ބުނީ، މި ޙާދިސާގައި ނިޔާވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއަށާއި އެމްބަސީތަކަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ނިޔާވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ޤައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ޤައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީއާއި އެ ޤައުމެއްގެ އެމްބަސީއާއި ގުޅިގެން ފުލުހުން ކުރަމުންދާކަމަށެވެ.

އަލިފާނުގެ ހާދިސާގައި އެނދި، މ. ނިރުފެހިގެ ތަޅާލައި ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 12 ވަނަ ދުވަހުގައެވެ.

އެންޑީއެމްއޭއިން އަންނަނީ އަލިފާނުގެ ހާދިސާގެ އަސަރުކޮށްފައިވާ ކައިރި ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް