ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 11:56
އުރީދޫ އިން އެމްއެންޑީއެފަށް ޓީވީ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އުރީދޫ އިން އެމްއެންޑީއެފަށް ޓީވީ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފަށް ޓީވީ ހަދިޔާ ކުރުން
އުރީދޫން އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފި
މިއީ ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކުންފުނިން ހަދިޔާކުރި ޓީވީތަކެއް

އުރީދޫ މޯލްޑިވްސްއިން އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާކޮށްފިއެވެ.

މިކަމަށް ޓަކައި ބަންޑާރަކޮށީގައި، މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރު، ޚާލިދް އަލް ހަމަދީއެވެ. އަދި، ހަދިޔާކުރެއްވި ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ.

އުރީދޫން ހަދިޔާކުރި މި ޓީވީތަކަކީ، ކުރިއަށްއޮތް ވޯލްޑްކަޕްއާ ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ފަހިކޮށްދިނުމުގެ ގޮތުންނާއި، ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކުންފުނިން ހަދިޔާކުރި ޓީވީތަކެކެވެ. އެމްއެންޑީއެފަށް ޓީވީ ހޯދުމަށް މިނިސްޓަރ އޮފް ޑިފެންސް ވަނީ، ގިނަ ފަރާތްތަކަކާ އެކު މަޝްވަރާކުރައްވާފައިކަމަށާއި މިގޮތުން، އެކަމަނާގެ އެދިލެއްވުމަށް އެންމެ ފުރަތަމަ އިޖާބަ ދެން ކުންފުންޏަކީ އުރީދޫ މޯލްޑިވްސް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެ ކުންފުނިން ވަނީ އެމްއެންޑީއެފަށް 5 ޓީވީ މިއަދު ހަދިޔާކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވަނީ އުރީދޫ މޯލްޑިވްސްއިން ދިވެހި ސިފައިންނަށް އެކި ދާއިރާތަކުން ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އެ ކުންފުނިން ވަނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިޖުތިމާޢީ ޒިންމާގެ ދަށުން ދިވެހި ސިފައިންނަށް ވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތައް ފޯރުކޮށްދީފައެވެ. އެގޮތުން، އެ ކުންފުނިން ދެމުންދާ އެކިއެކި ޚިދުމަތްތައް ފަސޭހަކަމާއެކު ސިފައިންނަށް ލިބޭނޭގޮތް ހަދަގެ އިތުރުން، އެމްއެންޑީއެފްއާއެކު އަބަދުވެސް ބަދަހި ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ޑިފެންސް މިނިސްޓަރ ވަނީ، އޫރިދޫން ރާއްޖޭގެ ކަންކަމާ ހަވާލުވެ ހުންނަވާ ފަތިމާ ސުލްތާން އަލް ޚަވައިރީއަށާއި އޫރިދޫގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީ އަށާއި، އޫރިދޫގެ ރާއްޖޭގައި މަސައްކަތްކުރައްވާ މުޅި ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް