Advertisement
ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 23:48
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ރާއްޖެއެމްވީ
ފުލުހުންގެ މުއައްސަސާއަށް ހެޔޮ ބަދަލުތަކެއް
މިސަރުކާރުގައި ފުލުހުންގެ މުއައްސަސާއަށް މުހިންމު ބަދަލުތަކެއް ގެނެވިއްޖެ: އިމްރާން
އަހަރަކު އެއް ފަހަރު ސީޕީ ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ލިޑަރޝިޕް ބަލިކަށިވެ އެތެރޭގައި ގިނަ މައްސަލަތަކެއް އުފެދޭކަމަށް މިނިސްޓަރ ވިދާޅުވި
މިހާރު އަތޮޅުތެރެ 5 ރީޖަނަކަށް ބަހާލާ ޗީފް ސްޕްރިންޑެންޓެއް ލީޑްކުރައްވާ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ވިދާޅުވި

ފާއިތުވެގެންދިޔަ ހަތަރު އަހަރުގެ ތެރޭގައި ފުލުހުންނާއެކު ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އޭރު ފުލުހުންގެ މުއައްސަސާ އޮތް ހާލަތާއި އަޅާބަލާއިރު މިހާރު މުހިންމު ބަދަލުތަކެއް އެ މުއައްސަސާއަށް އައިސްފައިވާކަން ފާހަގަކުރައްވާކަމަށް ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ދިމާކޮށް "ރާއްޖެޓީވީ"ން ގެނެސްދިން ޚާއްސަ ކަވަރޭޖަށް ދެއްވި އިންޓަރވިއުއެއްގައި އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް މިބަދަލުތައް ގެނެވިފައިމިވަނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ފުލުހުންގެ ލީޑަރޝިޕް އެއް ލީޑަރޝިޕެއްގެ ގޮތުގައި އެކުގައި ކުރެވުނު މަސައްކަތުގެ ސަބަބުންކަމަށެވެ.

Advertisement

ކުރީ އަހަރުތަކުގައި އަހަރަކު އެއް ފަހަރު ސީޕީ ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ލިޑަރޝިޕް ބަލިކަށިވެ އެތެރޭގައި ގިނަ މައްސަލަތަކެއް އުފެދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ބޮޑެތި ދަތިތައް ދިމާވެފައި ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުން މަސައްކަތް ކުރަމުންދިޔަ ގޮތަށްވެސް ބަދަލުތަކެއް ގެނެވިއްޖެކަމަށެވެ. އެގޮތުން ކުރީގައި 7 ޑިވިޝަނަކަށް އަތޮޅުތައް ބަހާލައިގެން މަސައްކަތްކުރިއިރު ލީޑްކުރައްވަނީ ސީނިއަރ ބޭފުޅެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިހާރު އަތޮޅުތެރެ 5 ރީޖަނަކަށް ބަހާލާ ޗީފް ސުޕަރިންޓެންޑެންޓެއް ލީޑްކުރައްވާ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތަށް ހެދުމުގެ ސަބަބުން ނިންމުންތައް ނިންމުމުގަޔާއި ތަހުގީގުތައް ހިންގުމުގައި ލާމަރުކަޒުވެ ފަސޭހައިން ކަންކަންވެގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިދުމަތް ދިނުމަށްޓަކައި މުޅި މުއައްސަސާ ބައްޓަންކުރަންޖެހޭގޮތުގެ ސްޓްރަކްޗަރ އެއް މިހާރު އެކުލަވާލެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުށަކަށްވުމުގެ ކުރިން، ކުށަކަށް ވެދާނެ ޙާލަތްތައް ދެނެގަނެ، އެކަންކަން ނައްތާލުން އެއީ އެންމެ ބޮޑަށް ކުރަން ޖެހިފައިވާ ކަންކަމަށާއި އެކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ނެއިބަރ ހުޑް ޕޮލިސްގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރެވެންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް