ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 14:41
2022/23 ވަނަ އަހަރު އިންޑިއާގެ ކުންފުނިތަކުން 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ އެގައުމުން ދީފި
2022/23 ވަނަ އަހަރު އިންޑިއާގެ ކުންފުނިތަކުން 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ އެގައުމުން ދީފި
ރޮއިޓަސް
އިންޑިއާ އިން ހަކުރު އެކްސްޕޯޓްކުރުން
2022/23ގައި އިންޑިއާގެ ކުންފުނިތަކަށް 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަދީފި
އަހަރުގެ ފަހުކޮޅު މިއަދަދަށް ބަދަލު އައުން އެކަށޭިގެން ވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުން
ކުރިއަށް އޮތް ތަނުގައި މި އަދަަދަށް ބަދަލު އަންނާނެ ކަމަކަށް ސަރުކާރުން ނުބުނޭ
އިންޑިއާ ސަރުކާރުން ބުނެފައިވަނީ މި އަދަދަށް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފަ ވަނީ ފާއިތުވި ތިން އަހަރުގެ އުފެއްދުންތެރިކަމަށް ބަލައިފައިކަމަށް

2022/23 ވަނަ އަހަރު އިންޑިއާގެ ކުންފުނިތަކުން 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ އެގައުމުން ދީފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ހޮނިހިރު ދަވަހު އިންޑިއާ އިން ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެގައުމުގެ ކުންފުނިތަކުން 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައެވެ. 2021/22ގެ ފަހު ކޮޅު އިންޑިއާގެ ކުންފުނިތަކުން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައި ވަނީ 11 މިލިއަން ޓަނުގެ ހަކުރެއެވެ.

އިންޑިއާ އަކީ ދުނިޔޭގެ ބާޒާރަށް ހަކުރު އެކްސްޕޯޓްކުރާ އެންމެ ބޮޑު ސަޕްލަޔަރެވެ.

އިންޑިއާ ސަރުކާރުން ބުނެފައި ވަނީ ކުންފުނިތަކުން 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފަ ވަނީ ފާއިތުވި ތިން އަހަރުގެ އުފެއްދުންތެރިކަމަށް ބަލައިފައިކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މިއަދަަދަށް ބަދަލު އަންނާނެ ކަމަށް ސަރުކާރުން ބުނެފައި ނުވި ނަމަވެސް، އަހަރުގެ ފަހުކޮޅު މި އަދަދަށް ބަދަލު އައުން އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ފެށުނު ސީޒަންގައި އިންޑިއާ އިން 36.5 މިލިއަން ޓަނުގެ ހަކުރު އުފައްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް