ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 07:34
އިންޑިއާގައި އެންމެ ފުރަތަމަ ވޯޓު ލި ކަމަށް ބުނާ މީހާ
އިންޑިއާގައި އެންމެ ފުރަތަމަ ވޯޓު ލި ކަމަށް ބުނާ މީހާ
ގެޓީ އިމޭޖަސް
އިންޑިއާގައި ފުރަތަމަ ވޯޓު ލި މީހާ
އިންޑިއާގައި އެންމެ ފުރަތަމަ ވޯޓު ލި މީހާ މަރުވެއްޖެ
ޝްޔާމް ސަރަން ނޭގީ މަރުވިއިރު އޭނާގެ އުމުރުން 105 އަހަރު

އިނގިރޭސީންގެ ބާރުގެ ދަށުން އިންޑިއާ އަށް މިނިވަންކަން ލިބުމަށްފަހު ބޭއްވި ފުރަތަމަ އާއްމު އިންތިޚާބުގައި ފުރަތަމަ ވޯޓު ލި ކަމަށް ބުނާ މީހާ މަރުވެއްޖެއެވެ.

ޝްޔާމް ސަރަން ނޭގީ މަރުވިއިރު އޭނާގެ އުމުރުން 105 އަހަރެވެ. އޭނާ ވަނީ 1951 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ޤައުމުގެ ހުރިހާ އިންތިޚާބެއްގައި ވޯޓު ލާފައެވެ. އޭނާ އެންމެ ފަހުން ވޯޓު ލާފައިވަނީ މަރުވުމުގެ ތިން ދުވަސް ކުރިން ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ޝްޔާމް އަކީ އިންޑިއާގައި ފުރަތަމަ ވޯޓު ލި މީހާ ކަމަށް ލަފާކޮށްފައިވަނީ 1951 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގައި ފުރަތަމަ ވޯޓު ލާން ފެށީ އޭނާ ދިރިއުޅެމުން އަންނަ ހިމާޗަލް ޕްރަދޭޝްގައި ކަމަށްވާތީއެވެ. އެ އިންތިޚާބުގައި އެހެން ސަރަހައްދުތަކުގައި ވޯޓުލުން ކުރިއަށްދިޔައީ އޭގެ ފަސް މަސް ފަހުން 1952 ގައެވެ.

2014 ވަނަ އަހަރު އިންޑިއާގެ އިލެކްޓޯރަލް ކޮމިޝަނުން ވަނީ ޝްޔާމް އެ ޤައުމުގެ އިލެކްޝަންސްގެ ބްރޭންޑް އެމްބެސެޑަރަކަށް ވެސް ހަދައިފައެވެ. އެއީ އެ އަހަރު ކުރިއަށްދިޔަ އިންތިޚާބުގައި ވޯޓުލުމަށް ރައްޔިތުންނަށް ބާރު އެޅުމުގެ ގޮތުންނެވެ.

ޝްޔާމް މަރުވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވާފައެވެ.

- ކޮމެންޓް