ކ. މާލެ
|
5 ނޮވެންބަރ 2022 | ހޮނިހިރު 19:39
ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ތެރެއިން
ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ބައި އިލެކްޝަން
ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ދެ އިންތިޚާބުވެސް އިދިކޮޅު ޕީޕީއެމްއަށް
ކަލައިދޫގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އާއިޝަތު ސާފިޔާ ކާމިޔާބުކުރީ އެމްޑީޕީގެ ހުވައިލަތު ރަހީމާ ވާދަކޮށްގެން
ނ. މަގޫދޫ ކައުންސިލުގެ ގޮނޑި ޔުމްނާ ކާމިޔާބުކުރީ 124 ވޯޓުން

ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ދެ އިންތިޚާބުވެސް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ކުރިއަށްގެންގޮސްފައިވަނީ ނ. މަގޫދޫ ކައުންސިލުގެ އަންހެން މެމްބަރު އިންތިޚާބުކުރުމާއި ލ. ކަލައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެވެ.

ކަލައިދޫގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އާއިޝަތު ސާފިޔާ ކާމިޔާބުކުރީ އެމްޑީޕީގެ ހުވައިލަތު ރަހީމާ ވާދަކޮށްގެންނެވެ. ސާފިޔާއަށް 197 ވޯޓު ލިބުނު އިރު ހުވައިލަތަށް ލިބުނީ 192 ވޯޓެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު 716 މީހުންނަށް ލިބިފައިވެއެވެ.

ނ. މަގޫދޫގެ ކައުންސިލުގެ އަންހެން މެމްބަރު ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ ކާމިޔާބުކުރީ 124 ވޯޓުންނެވެ. އެމްޑިޕީގެ ކެންޑިޑޭޓް ފަރީދާ ޚާލިދަށް ލިބުނީ ޖުމްލަ 115 ވޯޓެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު 279 މީހުންނަށް ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް