ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 18:30
ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފްއިން "ވިކްޓްރީ ލެޕް" ބޭއްވުން
ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފްއިން "ވިކްޓްރީ ލެޕް" ބޭއްވުން
ރާއްޖެ އެމްވީ
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފްއިން "ވިކްޓްރީ ލެޕް" ބާއްވައިފި
ނަސްރުގެ ދުވަހަކީ، 1988 ނޮވެންބަރު 3 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކު ރާއްޖެ އައިސް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުވުން ފާހަގަކުރާ ދުވަސް
"ވިކްޓްރީ ލެޕް" ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ 15:30ން ފެށިގެން

އެމްއެންޑީއެފްއިން ނަސްރުގެ ދުވަހާ ގުޅިގެން "ވިކްޓްރީ ލެޕް" ބާއްވައިފިއެވެ.

މާލޭގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ގިނަ އަަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ. އަދި އާއްމުން ވަނީ މި ހަރަކާތް ބަލާލުމަށް މަގުތަކަށް ނުކުމެފައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ 15:30ން ފެށިގެންނެވެ. މި ހަރަކާތުގައި ގިނަ އަަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ޚާއްސަ ހަރަކާތްތަކެއް ބާއްވަމުން ދާއިރު، ނަސްރުގެ ދުވަސް ފާހަގަކުރުމަށްޓަކައި މާލޭގައި އެމްއެންޑީއެފުން ބާއްވާ ޚާއްސަ ހަރަކާތްތައް ފަށާފައިވަނީ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ހެނދުނު 06:00ގައި ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ނެގުމުގެ އިތުރުން، ގާޑް މައުންޓް ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެ ކޮމާންޑްތަކަށް ނިސްބަތްވާ ސިފައިންގެ މަރުކަޒުތަކުގައި ޖަމާއަތުގައި ފަތިސް ނަމާދު ކޮށްފައިވާއިރު، ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް ބާއްވާފައިވެއެވެ. މީގެއިތުރުން މި ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ އަސްކަރީ ޕެރޭޑް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ، ނަސްރުގެ ދުވަހުގެ ބަތަލު، ޝަހީދު ކޯޕްރަލް ހުސައިން އާދަމް އެ ރަށަކަށް އުފަންވެވަޑައިގަތް، ހދ. ކުޅުދުއްފުށީގައެވެ. އެ ހަރަކާތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ ނޮވެންބަރު 4 ވަނަ ދުވަހުގެ ހަވީރުއެވެ.

ނަސްރުގެ ދުވަހަކީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކު ރާއްޖެ އައިސް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް