ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 16:58
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު
އެމްއެންޑީއެފް
ނަޞްރުގެ ދުވަސް
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެގޮތުން ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި
ދިދަ ޖަހައި، ގާޑް މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިން

ދިވެހިރާއްޖޭގެ ފަޚުރުވެރި 34 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ބާއްވައިފިއެވެ.

ތިނެއް ނޮވެންބަރު ހަނދާނީ ބިނާ ސަރަޙައްދުގައި ހެނދުނު 06:00ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑް މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ.

ދިދަވެރިން ދިދަ ޖަހައި، ގާޑް މާއުންޓްކުރުމުން، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ބޭކަލުންގެ ހަނދާނުގައި 7 ބަޑީގެ ސަލާމެއް އަރުވައި، ސުކޫތެއް ވަނީ ގެނެސްފައެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމް އާކުރުން އޮތްއިރު، ސިފައިންގެ ޢަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖަހައި، ގާޑް މައުންޓްކުރިއިރު، ނަޞްރުގެ ދުވަސް ފާހަގަކުރުމުގެގޮތުން، ސިފައިން ގާއިމުވެ ތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާޢަތެއްގައި ކޮށްފައެވެ. އެގޮތުން، މާލޭގައި ސިފައިން ފަތިސް ނަމާދު ޖަމާޢަތުގައިކޮށްފައި ވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ''އިސްލާމީ މަރުކަޒު''ގައެވެ. ފަތިސް ނަމާދަށްފަހު ދުވަހާގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް